އަންހެނުންގެ ތަރައްގީއަށް މިހާރު އެންމެ މުހިއްމު ކަމަކީ އަންހެނުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވުން: ނީނާ

Anhenunge tharahgee ah mihaaru enme muhinmu kamakee anhenun igthisoadhee gothun baaruveri kuruvun: Neena

އަންހެނުންގެ ތަރައްގީއަށް މިހާރު އެންމެ މުހިއްމު ކަމަކީ އަންހެނުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވުން ކަމަށް،ގަމު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރެއްވި މަރިޔަމް ނީނާ ވިދާޅުވެއްޖެއެވެ.

“ލާމު އެމްވީ” އިން ލޯކަލް ކައުންސިލް އަދި އަންހެނުންގެ މަސައްކަތްކުރާ ކޮމެޓީގެ އިންތިހާާބާއި ދިމާކޮށް ކުރިއަށްގެންދާ ‘ކެނޑިޑޭޓް 2026’ ގެ އެޕިސޯޑް 3 ގައި، ނީނާ ވިދާޅުވީ، މަގާމަށް ކުރިމަތިލުމަށް ނިންމި އެންމެ ބޮށު ސަބަބަކީ ގަމުގެ އަންހެނުންނަށް ހާއްސަކޮށް ހަރަކާތްތަކެއް ގެންދިއުމަށާއި ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރަން ބޭނުންވާތީކަމަށެވެ.

ނީނާ ވިދާޅުވީ ސިޔާސީ ދާއިރާއަށް ވަދެވުނީ 2020 ވަނަ އަހަރު މިހާރު ހިނގަމުން މިދާ، ކައުންސިލް މެންބަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރެއްވުމަށެވެ. އޭގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވާ ކަމަށް ނީނާ ވަނީ ވިދާޅުވެފައެވެ. ނީނާ ވިދާޅުވީ ގަމު ކައުންސިލްގައި މަސައްކަތް ކުރިއިރު ކޮންމެ އިންތިހާބަކާއި ދިމާކޮށް އިލެކްޝަންގެ އިދާރީ މަސައްކަތްތަކުގައި ބައިވެރިވާ ކަމަށެވެ. ސިޔާސީ ކަންކަމުގައި ނޫޅުނީ، އީސީގެ މަސައްކަތްތަކުގައި އުޅޭއިރު، ސިޔާސީ ހަރަކާތްތަކުގައި އުޅުމަކީ މަނާ ކަމަކަށް ވާތީވެ ކަމަށެވެ.

މީގެއިތުރުން، ނީނާ ވިިދާޅުވީ މިހާރު ދާއިރާއަށް ވަރަށް ޝައުގު އެބަހުރި ކަމަށާއި، ސިޔާސީ ދާއިރާގައި އަންހެނުންނަށް ވަރަށް ފަހި ފުރުސަތު އެބަހުރި މަށެވެ.

ނީނާ ވިދާޅުވި ކައުންސިލްގައި މަސައްކަތް ކުރަމުންދާއިރުގައިވެސް، ވަރަށް ގިނަ ހިޔާލުތަކާއި ފާޑުކިޔުންތައް ލިބޭ ކަމަށާއި، ކައުންސިލުން ބާއްވާ އެކިއެކި އިވެންޓްތަކުގައިވެސް، އެކި ފަރާތްތަކުން ކޮމެޓީގައާއި ކައުންސިލްގައި ވެސް ހިންގޭނެ ވަރަށް މުހިއްމު ކަންތައްތަކުގެ ހިޔާލުު ލިބޭ ކަމަށެވެ.
”މި މަގާމަށް ކުރިމަތިލާފައިވެސް ރަށުގެ ކަންކަމުގައި އިސްވެ އުޅޭ ވަރަށް ގިނަ އަންހެނުންނާ ވާހަކަ ދައްކާލިން، އެމީހުންގ ހިޔާލުތައް ހޯދިން. ވަރަށް އެބަހުރި ހިޔާލުތަކާ، ގިނަ ކަންތައްތަކެއް އެބަހުރި ލިބިފައި. އެކަންކަން ހަމަ އަޅުގަނޑުގެ ވިސްނުން ހުރި ކަންކަމާއި ވަރަށް ގުޅޭ.“

ނީނާ ވިދާޅުވީ، ގަމުގެ އަންހެނުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.ހަމަމިއާއެކު، އަމިއްލައަށް މަސައްކަތްކޮށްެން އާމްދަނީ ހޯދަން ބޭނުންވާ ކަނބަލުންނަށް އިތުރު ކުރިއެރުން ހޯދައިދޭނެ ކަމަށް ނީނާ ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ދައުރުގައި ގަމު އަންހެނުންނަކީ ބާރުވެރި، ފުދުންތެރި، ކަންކަމަށް ހޭލުންތެރި ބަޔަކަށް ވާނެ ކަމަށް ނީނާ ވަނީ ވިދާޅުވެފައެވެ.ކުރިއަށް އޮތް ދައުރުގައި ގަމު އަންހެނުންނަކީ ބާރުވެރި، ފުދުންތެރި، ކަންކަމަށް ހޭލުންތެރި ބަޔަކަށް ވާނެ ކަމަށް ނީނާ ވަނީ ވިދާޅުވެފައެވެ.

ނީނާ ވިދާޅުވީ އަންހެނުންގެ ކޮމެޓީގެ ރައީސާ ގެ މަގާމަށްހުރިހާ ކެނޑިޑޭޓުންގެ ތެރެއިން ވެސް އެންމް ގާބިލް ކެނޑިޑޭޓަކީ އޭނާ ކަމަށް އަމިއްލަ އަށް ގަބޫލުކުރައްވާ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments