ގަމު ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ތުނޑީ ފުޓްބޯޅަ ދަނޑުގައި!
Gamu bodu jamaa athugai eid namaadhu kurun thundee football dhandugai!

ލ.ގަމު ބޮޑު ޖަމާއަތުުގައި ފިތުރު އީދު ނަމާދުކުރުން ގަމު ތުނޑީ ފުޓްބޯޅަ ދަނޑުގައި އޮންނާނެ ކަމަށް ގަމު ކައުންސިލުން އަންގައިފިއެވެ.
ތުނޑީ އަވަށުގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާނީ ހެނދުނު07:00 ގައެވެ. ބޮޑު ޖަމާއަތުގެ އިތުރުން، މަސްޖިދުލް ތައުބާ އަދިި މަސްޖިދުލް ޛިކުރާގައި ވެސް އީދު ނަމާދުކުރުމަށް ވަނީ ނިންމާފައެވެ. މިއަހަރުގެ އީދު ދުވަސް ވަނީ މިއަންނަ ހުކުރު ދުވަހަށެވެ. މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ރޯދައެވެ.
ޝައްވާލް 1447 ވަނަ އަހަރުގެ ހަނދު މިއަދު ސައުދީ އަރަބިއްޔާގެ އެއްވެސް ތަނަކަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން ރާއްޖެއިން ވެސް ނިންމީ މާދަމާއަކީ އެންމެ ފަހުގެ ރޯދަ ދުވަސް ކަމަށެވެ،




