މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި ޙަމަދް ސްކޫލްގެ 15 ދަރިވަރުން ބައިވެރިވަނީ
Mazumoon liyumuge qaumee mubaaraathugai Hamad schoolge 15 dharivarun baiverivanee

މަޒުމޫނު ލިޔުމުގެ 41ވަނަ ޤައުމީ މުބާރާތުގައި ލ.ގަމު ޙަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލްގެ 15 ދަރިވަރަކު ބައިވެރިވުމަށް ހަމަޖެހިއްޖެއެވެ.
މި މުބާރާތުގައި ޙަމަދް ސްކޫލްގެ 15 ދަރިވަރަކު ބައިވެރިވަނީ ތިން ގިންތިއަކުންނެވެ. އެގޮތިުން ދަށުސާނަވީ ގިންތިން ބައިވެރިވާ ފަސް ދަރިވަރުންނަކީ ޢާއިޝާ ރުއްޔުމް ޢައްބާސް، މިސްކު ބިންތި ފުއާދު، ޔަލްވީ ބިންތް އަޙްމަދު ޝަފީޤް، ޢާއިޝަތު ޝިނާ ޝަހީދު އަދި ޝިޢުރާ ޢަބްދުލް ޙާދީއެވެ.
މީގެއިތުރުން ސާނަވީ ގިންތިން ބައިވެރިވާ ފަސް ދަރިވަރުންނަކީ ޢާއިޝް ޢަބްދުލްޙަންނާން، ޔޫސުފް ކިޔާން ލަޠީފް، މުޙައްމަދު އައިދިން ރަޝީދު، ނަވާރް އިސްމާޢިލް ރަޝީދު އަދި ޢާއިޝާ ޢަބްދުއްސަލާމް ޢަބްދުލްޙަމީދެވެ.
ހަމަމިއާއެކު މަތީސާނަވީގެ ގިންތީން ވެސް ފަސް ދަރިވަރެއް ވަނީ ބައިވެރިވެފައެވެ. އެ ދަރިވަރުންނަކީ ޒުލައިޚާ ޔާސްމީން، ސާއީ އިސާ ފިރާޤް، ޢާއިޝަތު އަރީން އިބްރާހިމް، އާމިނަތު މަލަކް އަޙްމަދު ޒަކީ އަދި މަރިޔަމް އީމާންއެވެ.




