ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާ ޤައުމީ ސްޓްރެޓެޖީއާ ގުޅޭ މަޝްވަރާ ބައްދަލުވުންތައް ފަށައިފި

Corruptionaa dhekolhalhah ekulavaalaa qaumee strategy aa gulhey bahdhaluvunthah fashaifi

“ނޭޝަނަލް އެންޓި-ކޮރަޕްޝަން ސްޓްރެޓެޖީ” މުރާޖައާ ކުރުމަށްޓަކައި ކަމާގުޅޭ މުހިންމު ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް މިއަދު ފަށައިފިއެވެ. މި ބައްދަލުވުންތަކަކީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ތިން ދުވަހުގެ މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤުސަދަކީ ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާފައިވާ ޤައުމީ ސްޓްރެޓެޖީއާއި އަމަލީ ސިޔާސަތުގެ ދެލިކޮޕީ އިތުރަށް ހަރުދަނާ ކުރުމެވެ. މި ބައްދަލުވުމުގައި ދައުލަތުގެ މުއައްސަސާތަކާއި، ރެގިއުލޭޓަރީ އިދާރާތަކާއި، އަމިއްލަ ދާއިރާގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ތަރައްޤީގެ ބައިވެރިން ބައިވެރިވެއެވެ.

ބައްދަލުވުމުގެ ފުރަތަމަ ދުވަސް

މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ދުވަހު ބައިވެރިން އަލިއަޅުވާލާފައިވަނީ ސްޓްރެޓެޖީގެ މައިގަނޑު މިސްރާބާއި، ކަނޑައެޅިފައިވާ ތަސައްވުރާއި، އަސާސްތަކާއި ލަނޑުދަނޑިތަކުގެ މައްޗަށެވެ. މީގެ އިތުރުން، އެކްޝަން ޕްލޭން ބިނާވެފައިވާ ގޮތާއި، އެންމެ އިސްކަންދޭނެ ދާއިރާތަކާއި، މުއައްސަސާތަކުގެ ޒިންމާތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ގެންގުޅޭނެ އުސޫލުތައް މުރާޖައާ ކުރުންވެސް ކުރިއަށްދާނެއެވެ.

ދެވަނަ ދުވަހުގެ މަޝްވަރާތައް

ބައްދަލުވުމުގެ ދެވަނަ ދުވަސް ޚާއްސަކޮށްފައިވަނީ ސަރުކާރުގެ މުއައްސަސާތަކުގެ ބައިވެރިވުން އިތުރުކުރުމަށެވެ. އެގޮތުން ދާއިރާތަކުން ވަކިން ކުރަންޖެހޭ ކަންކަމާއި، މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރާނެ ނިޒާމުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ނަޒާހަތްތެރިކަމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ މާލީ ހިންގުމާއި ޤާނޫނު ތަންފީޒު ކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް މި ދުވަހު އަލިއަޅުވާލާނެއެވެ.

އަމިއްލަ ދާއިރާއާއި މަދަނީ ޖަމިއްޔާތަކުގެ ދައުރު

ބައްދަލުވުމުގެ ފަހު ދުވަހު ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންނަށެވެ. އޭސީސީއިން ބުނި ގޮތުގައި، އަމިއްލަ ދާއިރާގެ ނަޒާހަތްތެރިކަން އިތުރުކުރުމާއި، ކޮރަޕްޝަން ހުއްޓުވުމުގައި ރައްޔިތުންގެ ބައިވެރިވުމާއި އިޖުތިމާއީ ޒިންމާދާރުކަން އިތުރުކުރުމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ޚިޔާލާއި ތަޖުރިބާ މި ދުވަހު ހިއްސާކުރާނެއެވެ.

އޭސީސީއިން ފާހަގަކުރި ގޮތުގައި، މި ސްޓްރެޓެޖީ އެކުލަވައިލުމުގައި ގެންގުޅެނީ މުޅި ދައުލަތާއި މުޖުތަމައު ބައިވެރިވާ ފަދަ ޝާމިލު ގޮތްތަކެކެވެ. މިއީ ކޮރަޕްޝަން ހުއްޓުވޭނީ ހުރިހާ ދާއިރާތަކެއްގެ އެއްބާރުލުން ލިބިގެންކަން ޤަބޫލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments