ކުރިއަށް އޮތް 5 އަހަރު ދުވަހު ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ދެމިހުންނާނަން: ސަލްމާ އުމަރު

Kuriah oiy 5 aharu dhuvahu rayyithunnah hidhumaiy dhinumugai dhemi huhnaanan: Salma

ސަލްމާ ވިދާޅުވީ، އަބަދުވެސް އިޖުތިމާއީ ކަންކަމާއި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

“އަޅުގަނޑަށް ފާހަަގަ ކުރެވުނު އެންމެ ބޮޑު އެއް ކަމަކީ، ރައްޔިތުން ބޭނުންވާ ގޮތަށް، އަދި ކުޅިވަރުތައްވެސް ކުޅެން ބޭނުންވާ މީހުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް އެންމެ ފަސޭހަ ވާނީ، މިކަންކަން ނިންމާ މޭޒު ދަށު ތިބެގެން ކަން.”

ސަލްމާ ވިދާޅުވީ، އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީ ސިޔާސަތުތައް ވަރަށް ކަމުދާ ކަމަށާއި، 2008 ވަނަ އަހަރުން ފެށިގެން ސިޔާސީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ސަލްމާ ވިދާޅުވީ ސިޔާސީ ގޮތުން މިފަދަ މަގާމަކަށް ކުރިމަތިލި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

“ރައްޔިތުންގެ އިހުސާސްތައް ވަރަށް ބޮޑަށް އިހުސާސްކުރެވޭ. އަޅުގަނޑު މިއީ ހަމަ ކޮންމެ ދުވަހަކު، ހަމަ އާންމުކޮށް، ވަރަށް ގިނަ މީހުންނާ ބައްދަލުވެ، ޒުވާނުންނާ ވެސް، މުސްކުޅިންނާވެސް، ވަރަށް ގިނަ މީހުންނާ ބައްދަލުވެ، އެމީހުންނާ ވާހަކަދައްކާ، އެމީހުންގެ ވާހަކަތައް އަޑުއަހާ ހަދާ މީހެއް.“

ސަލްމާ ވިދާޅުވީ ހާއްސަކޮށް ޒުވާނުންނާ ބާއްވާ ގާތް ގުޅުމުގެ ސަބަބުން ޒުވާނުންގެ ކަންބޮޑުވުންތަކާއި، އެމީހުންގެ ގޮންޖެހުންތައް ވަރަށް ބޮޑަށް އިހުސާސްކުރެވޭ ކަމަށެވެ.

ސަލްމާ ވިދާޅުވީ ގަމު ތަރައްގީއަށް މިވަގުތަށް އެންމެ ބޭނުންވަނީ، ބޯހިޔާވަހިކަމުގެ ފުރުސަތު މިހާރަށްވުރެ ބޮޑަށް  ތަނަވަސްކޮށްދިނުމާއި، މަތީތައުލީމަށް މިހާރު އޮތް ފުރުސަތުތަކަށް ވުރެ ފަހި ފުރުސަތުތަކެއް، ގާއިމުކޮށްދިނުން ކަމަށާއި، ލޯކަލް ޓޫރިޒަމް ގަމަށް ތައާރަފުކުރެވި، ޒުވާނުންނަށް އޭގެއިން ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުން ކަމަށެވެ.

ހަމަމިއާއެކު ގަމުގައި މިހާރު މަގުތައް ތަރައްގީކުރެވޮ، މަގުތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރެވިގެން ދިއުމަށް އުއްމީދުކުރާ ކަމަށް ސަލްމާ ވިދާޅުވިއެވެ.

“ ލގަމާއި ދޭތެރޭ އޮތް ތަސައްވުރަކީ، ގަމަކީ އިގުތިސާދީ ގޮތުން ފުދުންތެރި، އިޖުތިމާއީ ގޮތުން ރައްކާތެރި ތަނަކަށް ވުން. އަދި ހިދުމަތުގެ ގޮތުން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ސަރަހައްދީ ގޮތުން ދެވޭ ތަނަކަށްވުން.”

ގަމަކީ އާސާރީ އަދި ގުދުރަތީ ހިތްގައިމުކަން ލިބިފައިވާ ރަށެއް ކަން ފާހަގަކުރައްވާ ސަލްމާ ވިދާޅުވީ، ގަމުގެ ލޯކަލް ޓޫރިޒަމް މިހާރަށްވުރެ ފުޅާވެގެން ދިއުމަށް އުއްމީދުކުރާ ކަމަށެވެ.

ސަލްމާ ވިދާޅުވީ ގަމު ރައްޔިތުން އޭނާ އަށް ވޯޓު ދޭންވީ އޭނާ އަކީ އިހުލާސްތެރިކަމާއެކު، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކެނޑިޑޭޓަކަށް ވާތީ ކަމަށެވެ. އަދި އޭނާ އަކީ ރައްޔިތުންގެ އިހުސާސްތައް ދަންނަ ކޮންމެ އުމުރެއްގެ މީހަކުވެސް ވާހަކަ ދައްކާލެވޭ، މަޝްވަރާ ކޮށްލެވޭނެ މީހެއް ކަމަށް ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments