ކަލައިދޫ ލައިސެންސް ޓްރެކް ރަސްމީކޮށް ހުޅުވައިފި
Kalaidhoo license track rasmeekoh hulhuvaifi

ކަލައިދޫ ލައިސަންސް ޓުރެކް ރަސްމީކޮށް ހުޅުވައިފިއެވެ.
އެގޮތުން ލައިސެންސް ޓްރެކް ހުޅުވުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ޓުރެކް ރަސްމީކޮށް ހުޅުވައި ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ލ.އަތޮޅު ކޮމާންޑާރ އިންސްޕެކްޓާރ އޮފް ޕޮލިސް އަޙްމަދު ގުރައިޝީއެވެ.
މި ރަސްމިއްޔާތުގައި ކަލައިދޫގެ އާންމު ރައްޔިތުން ވެސް ވަނީ ބައިވެރިވެފައެވެ.




