ޚިތާނު ކުރަން ވެގެން ވެސް އަތާއި ފައިގައި ހީނާފަތް އެޅުން ހުއްދައެއް ނޫން!

ފިރިހެން ކުދިން ޚިތާނު ކުރަން ކަމުގައި ވިއަސް އަތާއި ފައިގައި ހީނާފަތް އެޅުމަކީ ހުއްދަނޫން ކަމެއް ކަމަށް އައްޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެއްޖެއެވެ.

މީގެ ސަބަބެއް ކަމަށް ވިދާޅުވީ އަތާއި ފައިގައި ހީނާފަތް އެޅުމަކީ އަންހެނުން ޒީނަތްތެރިވުމުގެ ގޮތުން ކުރާ ކަމަކަށް ވެފައި، އަންހެނުންނާއި  ވައްތަރުވެގެން އުޅޭ ފިރިހެނުންނަށް ލަޢުނަތް ލެއްވުމަށް ކީރިތިރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރައްވާފައި ވުމުން ކަމަށެވެ.

ޚިތާނު ކުރާ ކުއްޖާ އަކީ ކުޑަކުއްޖަކަށް ވާއިރު އެ ކުދިންނަށް ވެސް މި އަމުރު ހިނގާނެތޯ މީހަކު ސުވާލު ކުރުމުން، ޖަވާބުގައި ޝެއިޚް ވިދާޅުވީ، ރަން އެޅުން ފިރިހެނުންނަށް ހަރާމްވާ ފަދައިން ފިރިހެން ކުދިންނަށް  ވެސް ރަން ހަރާމެވެ. ހަމަ މިގޮތަށް  ފިރިހެނުންނަށް ޚަރާމް ކަންކަން ފިރިހެން ކުދިންނަށް ވެސް   ޚަރާމް ވާނެއެވެ. ހީނާފަތް އެޅުން ފިރިހެނުންނަށް ހުއްދަ ވަނީ ބޮލާއި ތުނބުޅީގައި ކަމަށް ވެސް ޝެއިޚް ވިދާޅުވެފައިވެއެވެ.

މި ފަދަ ކަންކަަމަކީ ކުރީއްސުރެ ކުރަމުން އައި ކަންކަން ކަމުގައިވިޔަސް އެއީ ރަނގަޅު ނޫން ކަމެއް ކަން އެނގޭ ހިސާބުން އެ ކަމަކާއި ދުރުވެގެން  ތިބުމަކި އެންމެ މޮޅު ގޮތެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments