މާބައިދޫ ބަނދަރު ސަރަހައްދުގައި ސަވައިލަންސް ކެމެރާ ހަރުކޮށްފި
Maabaidhoo bandharu sarahahdhugai surveillance camera harukohfi

ލ. މާބައިދޫގެ ބަނދަރު ސަރަހައްދުގައި، އެރަށު ކައުންސިލުން ސަވައިލަންސް ކެމެރާ ހަރުކޮށްފިއެވެ.
މާބައިދޫ ކައުންސިލުން ބުނީ، ބަނދަރު ބޭނުން ކުރައްވާ ބޭފުޅުންނާއި ރަށުގައި ދުއްވާ ކަނޑު އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމަނައިގެން ބަނދަރުމަތީގައި ސަވައިލަންސް ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ.
ބަނދަރުމަތިން މުދަލާއި މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނާއި ރަށުގެ ރައްޔިތުން ހިތްހަމަޖެހޭނެ މާހައުލަކަށް މަލަމަތި ހެދުމަށް އިތުރު މަސައްކަތްތަކެއް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
މި މަސައްކަތް ކުރުމަށް މުންޑޫ ކައުންސިލުން ވެދެއްވި އެހީތެރިކަމަށް މާބައިދޫ ކައުންސިލްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.




