އައްޑޫ ސިޓީއާ 2500 ކިލޯ މީޓަރު ދުރުން ބިންހެލުމެއް!
Addu city aa 2500 kilo meter dhurun binhelumeh!

އައްޑޫ ސިޓީއާ 2،500 ކިލޯމީޓަރު ދުރުން މިއަދު ބިންހެލުމެއް އައިސްފައިވާ ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، އައްޑުއާ 2،553 ކިލޯމީޓަރު ދުރުން މިޑް އިންޑިއަން ރިޖަށް 5.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.
މި ބިން ހެލުން އައިސްފައިވަނީ ހެނދުނު 09:55 ގައެވެ. ނަމަވެސް މި ބިންހެލުމުގެ ނުރައްކާ ސީދާ ރާއްޖެއަށް ނުކުރާނެ ކަމަށް މެޓް އިން ވަނީ ހާމަކޮށްފައެވެ.
އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ވެސް ވަނީ މިޑް އިންޑިއަން ރިޖަށް 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް 10 ކިލޯމީޓަރުން އަޑިން އައިސްފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.



