ލާމު ގަމުގެ އާބާދީގެ 45 އިންސައްތަ ވޯޓު ލައިފި

Laamu gamuge aabaadhee ge 45 insahtha vote laifi

ލާމު ގަމުގެ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 45 އިންސައްތައަށް ވުރެ ގިނަ މީހުން ވޯޓު ލައިފިއެވެ.

އެގޮތުން، ގަމުގެ ވޯޓު ލުމުގެ ހައްގު ލިބިފައިވަނ ީ3548 މީހުންނަށެވެ. އޭގެތެރެއިން 1600 މީހުންނަށް ވުރެ ގިނަ މީހުން މިހާރު ވަނީ ވޯޓު ލާފައެެވެ. އެއީ ގަމުގެ އާބާދީގެ 45 އިންސައްތަ މީހުންނެވެ.

ގަމުގެ ވޯޓު ފޮށިތައް އެރަށުގެ ހަތަރު ސަރަހައްދެއްގައި ވަނީ ބަހައްޓާފައެވެ، އެއީ:

މުކުރިމަގު- މުކުރިމަގު ސްކޫލް
މަތިމަރަދޫ- ހަމަދު ސްކޫލް
އާބާދު- އިހައްދޫ ސްކޫލް
ތުނޑި- އިޖުތިމާއީ މަރުކަޒު

މީގެއިތުރުން، މާލޭ ގެ ވޯޓު ފޮށި ބަހައްޓާފައި ހުރީ އެމްއެންޔޫ ޔުނިވާސިޓީގައެވެ. ވޯޓުލުން މިއަދު ހެނދުނު08:00 އިން ފެށިގެން ކުރިއަށްދާއިރު، ވޯޓު ކިއު ބަންދުކުރުމަށް ހަމަޖެހިފައިވަނީ 4 ޖަހާއިރުގައެވެ.

ލޯކަލް ކައުންސިލް އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ކަރުދާސް ހިމެނޭހެން ތިން ވޯޓު ކަރުދާސް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް އިން ބުނެފިއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted