ރޯދަމަހު ބަހާ މަސްދަޅަކުން ރައްޔިތުން މިހާރު ނުވިކޭނެ: ޔާމީން

Roadha mahu bahaa masdhalhu cas akun rayyithun mihaaru nuvikeyne: Yamin

ނިމިދިޔަ އިންތިހާބުން ސާބިތުކޮށްދިނީ، ރޯދަމަހު ބަހާ މަސްދަޅު ކޭހަކުން ، އީދު ދުވަހު ބަހާ ހަދިޔާއަކުން ރައްޔިތުން ނުވިކޭނެ ކަން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން، ޔާމީން ވިދާޅުވީ، ފައިސާއަށް ވޯޓުލުން މިހާރު ނިމިއްޖެ ކަމަށާއި،އިންތިހާބުތަކުގައި ވޯޓުލާއިރު ރައްޔިތުން އިސްކުރާނީ އެ މީހުންގެ މަސްލަހަތުކަން ރައްޔިތުން ސާބިތުކޮށްދީފި ކަމަށެވެ.ޔާމީން ވިދާޅުވީ،ހުޖަނުން ދެކެ ބިރުން، އަމިއްލަ މަސްލަހަތު އިސްނުކޮށް ރައްޔިތުން ދެން ނުތިބޭނެ ކަމަށެވެ.

ޔާމީން ވަނީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްއަށް މިސާލު ޖައްސަވާފައެވެ. ގާސިމް އިބްރާހީމްގެ ޕާޓީ ޖޭޕީ އިންތިހާބުން ނާކާމިޔާބުވިކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ، ގާސިމްގެ އުފަން ރަށް މާމިގިލީގެ ކަރަންޓު ހިދުމަތަށް ދާންދެން ބަލަހައްޓަމުންދަނީ ގާސިމް ކަމަށާއި އެ އަތޮޅު ފެންފުށި ހިމެނޭހެން ގިނަ ބަޔަކު ތިބީ ގާސިމްގެ ވަޒީފާތަކުގައި ކަމަށެވެ.ޔާމީން ސިފަކުރެއްވި ގޮތުގައި އެ ދަރަށުގެ މީހުންނަކީ ވެސް ’ގާސިމްގެ އަޅުން‘ އެވެ.

”ބުނަން މިއުޅޭ ވާހަކައަކީ ތިޔަ ގޮތަށް ފައިސާ އެޅުން ހުއްޓާލާށޭ. މިހާރު ރައްޔިތުން ކަންކަމާ ދޭތެެރޭގައި ވިސްނައޭ. ރައްޔިތުންެގެ މަސްލަހަތާ ދޭތެރޭގައި ރައްޔިތުން އެބަ ވިސްނާ. ކިތަންމެ ވަރަކަށް ފައިސާ އެޅިޔަސް ރައްޔިތުން އެބަ ބަލާ ވެރިކަމުގަ ހުރި މީހެއްގެ ޓްރެކް ރެކޯޑު، މިދިޔަ ތިން އަހަރު ކުރީ ކޮންކަމެއްތޯ. މުޅި ރާއްޖެ މިއޮތީ އިނދަޖެހިފަ އޭ،“

ޔާމީން ވަނީ ރައްޔިތުންގެ މަސްލަހަތު އިސްކުރާ ވެރިޔަކަށް ވުމަށް ރައީސް މުއިއްޒުއަށް ގޮވާލައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments