ފޮނަދޫ އެސްޓީއޯއަށް ގެނައި ސިމެންތި ގަންނަން ފިހާރަ ހުޅުވުމުގެ ކުރިން ކިއު ހަދައިފި

Fonadhoo STO ah genai cement gannan fihaara hulhuvumge kurin queue hadhaifi

ފޮނަދޫގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ފިހާރަ ހުޅުވުމުގެ އެއްގަޑިއިރު ކުރިން، ސިމެންތި ގަތުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ކިއު ހަދައިފިއެވެ.

މިއަދު މެންދުރުފަހު 1:15 ގައި ސިމެންތި ވިއްކަން ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް، މެންދުރު 12:00 ޖެހިިއިރު ގިނަ ބަޔަކު ވަނީ އެސްޓީއޯ ފިހާރަ ދޮރުމަތީގައި ކިއު ހަދަން ފަށާފައެވެ.

އެސްޓީއޯއިން ރަސްމީ ބަހެއް އަދި ލިބިފައި ނުވި ނަމަވެސް ލާމު އެމްވީ އަށް މައުލޫމާތު ލިބިފިައިވާގޮތުގައި މި ޝިޕްމަންޓުގައި އެސްޓީއޯއިން ވިއްކުމަށް ގެނެސްފައިވަނީ ޖުމްލަ 500 ކޮތަޅު ސިމެންތިއެވެ. އެސްޓީއޯއިން ނިންމާފައިވަނީ ކޮންމެ މީހަކަށްވެސް ގިނަވެގެން 25 ކޮތަޅު ސިމެންތި ވިއްކުމަށެވެ. ސިމެންތި ކޮތަޅެއް ވިއްކަމުންދަނީ 154 ރުފިޔާއަށެވެ.

ރަށުގެ ރައްޔިތުން މައުލޫމާތު ދޭ ގޮތުގައި، މިހާ ކުރިން ކިއުއަށް އެރީ ސިމެންތި ހުސްވެދާނެތީ އެކަމުގެ ބިރު އޮތުމުންނެވެ. ”ރަށުގައި ސިމެންތި ނުލިބި ވަރަށް ގިނަ ދުވަސް ވެއްޖެ. އެހެންވެ މިއަދު މި ލިބުނު ފުރުސަތުގައި ކޮންމެހެންވެސް ސިމެންތި ބޭނުންވާތީ މާ ކުރިން އައިސް މި ތިބީ،“ ކިއުގައި ހުރި މީހަކު ކިޔައިދިނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted