އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު މެއި 17 ވަނަ ދުވަހު !

Alah inthihaabu vi councilerunge huvaa kurun may 17 vana dhuvahu!

މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި، އިންތިހާބުވީ ކައުންސިލަރުންނާއި މެންބަރުންގެ ހުވާ ކުރުން މިއަންނަ މެއި މަހުގެ17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް  ލޯކަލް ގަވަރމަންޓް އޮތޯރިޓީ، (އެލްޖީއޭ)އިން ބުނެފިއެވެ.

މިހާރު ތިބި ކައުންސިލަރުންނާއި، އަންހެނުންގެ ކޮމެޓީގެ މެންބަރުން ހުވާކޮށްފައިވަނީ2021 ވަަނަ އަހަރުގެ މެއި މަހު17 ގައެވެ. އެމީހުންގެ ފަސް އަހަރުގެ ދައުރު ހަމަވާނީ މިއަަހަރުގެ މެއި17 އަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ކައުންސިލަރުންނާއެކު ހުވާ ނުކުރި ނަމަވެސް އިގުރާރުގައި ސޮއިކުރާނެއެވެ. އެލްޖީއޭއިން ހާމަކުރި ގޮތުގައި، މިހާރުވެސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުން އަންނަކަމަށާއި،މިފަހަރުގެ ހުވާކުރުމުގެ ރަސްމީއްޔަތުތައް ބޮޑުކޮށް ބާއްވާނެ ކަމަށެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެތައްޔާރީތައް އެލްޖީއޭއިން ފަށާފައިވާއިރު، އިލެކްޝަންސް ކޮމިޝަންސް އިން އަފި މިހާތަނަކަށް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނެއް ނުކުރެއެވެ. ދާއިމީ ނަތީޖާ ނެރުމަށް މަސައްކަތްކުރަމުންދާ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments