މުއްދަތެއް ނެތް ގޮތަށް ރާއްޖެ ސުޕަ ލީގު އަނެއްކާވެސް ފަސްކޮށްފި

Muhdhatheh neh gothah raajje super league anekkaves faskohffi

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖެ ސުޕަ ލީގު މުއްދަތެއް ނެތް ގޮތައް ފަސްކޮށްފި އެވެ.

ރާއްޖެ ސުޕަ ލީގު އެންމެ ފުރަތަމަ ބާއްވަން ނިންމީ ޖަނަވަރީ މަހު އެވެ. އެކަމަކު އެ ފަހަރު މުބާރާތް ފަސް ކުރަން އެސޯސިއޭޝަނުން ވަނީ ނިންމާފަ އެވެ. އޭރު އެސޯސިއޭޝަނުން މުބާރާތް ފަސްކުރަން ކަނޑައެޅީ އަންނަ ޖުލައި މަހަށެވެ. އެކަމަކު، ކުއްލިއަކަށް އެ ނިންމުން ބަދަލުކޮށް އެސޯސިއޭޝަނުން ވަނީ ތިންވަނަ ފަހަރަށް މުބާރާތް ބާއްވާ ތާރީހަށް ބަދަލު ގެނަސްފަ އެވެ. އެގޮތުން ތިންވަނަ ތާރީހަކަށް ކަނޑައެޅީ އަންނަ މަހުގެ އެއްވަނަ ދުވަހު މުބާރާތް ބާއްވާށެވެ.

އެކަމަކު އެސޯސިއޭޝަނުން ވަނީ މިއަދު މުބާރާތް މުއްދަތެއް ނެތް ގޮތައް ފަސްކޮށް އިއުލާނެއް ގެޒެޓު ކޮށްފަ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ”ލާމު އެމްވީ“އާ ވާހަކަ ދައްކަމުން ބުނީ، މުބާރާތް ފަސްކުރަން ނިންމީ، މިހާރުގެ ހާލަތުގައި ކައުންސިލްތަކަށް މުބާރާތުގައި ބައިވެރިވުމަށް އުނދަގޫތަކެއް ހުރި ކަމަށް ފެންނާތީ ކަމަށެވެ.

”މިއީ ކައުންސިލުތައް ބަދަލުވާ ދުވަސްކޮޅެއް، އެހެންވެ، ކައުންސިލުތަކަށް މުބާރާތުގައި ބައިވެރިވެ، ތައްޔާރުވުމުގައި ދަތިތަކެއް ހުންނާނެ ކަމަށް ވީއޭއެމް އަށް ފެންނަނީ، އެހެންވެ މުބާރާތް ފަސްކޮށްލީ ކައުންސިލުތައް ހުވާ ކުރުމަށްފަހު ބާއްވާ ގޮތައް“ ލަތީފް ވިދާޅުވި އެވެ.

ލަތީފް މިހެން ވިދާޅުވިއިރު، ގިނަ ރަށްރަށުން ވަނީ މުބާރާތައް ތައްޔާރުވުމުގެ ގޮތުން ބިދޭސީ ކުޅުންތެރިން ގެނައުމަށް ފައިސާ ދައްކާފަ އެވެ. އަދި ބައެއް ކުޅުންތެރިން ގެނައުމަށް ޓިކެޓް ވެސް ނަގާފަ އެވެ.

މި ނޫހާ ވާހަކަ ދައްކަމުން ރަށެއްގެ ޓީމެއްގެ އޮފިޝަލަކު ވިދާޅުވީ ޓީމުން މުބާރާތައް ތައްޔާރުވުމަށް ގިނަ ހަރަދުތަކެއް މިހާރުވެސް ކޮށްފައިވާ ކަމަށެވެ. އަދި މުބާރާތް ފަސްކުރާ ކޮންމެ ފަހަރަކު ފޫ ނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖެ ސުޕަ ލީގުގެ އަންހެން މުބާރާތް ކާމިޔާބު ކަމާއެކު މި އަހަރު ކުރީކޮޅު ބޭއްވި އިރު، އަންހެން މުބާރާތުގެ ޗެމްޕިއަންކަން ލ.ގަން ބަލިކޮށް ލ. މާބައިދޫ އިން ވަނީ ހޯދާފަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments