ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި
Council inthihaabuge dhevana buruge vote lun fashaifi

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ގެ
ބުރުގެ ވޯޓުލުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 ހަމައަށް ކަމަށެވެ.
މިއަދު މި ކުރިއަށްދަނީ، ދެވަނަ ބުރުގެ 5 ދާއިރާއެއްގެ ވޯޓުލުމެވެ. އޭގެތެރޭގައި ލާމު މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރަަ ކޮމިޓީގެ މެންބަރު ހޮވުން ހިމެނެއެވެ. އެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓަކާއި، ޕީއެންސީ ފަރާތުން ވާދަކުރި ކެނޑިޑޭޓެއްގެ ވޯޓު ވަނީ އެއްވަރުވެފައެވެ.
ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާ ކޮންމެ ރަށެއްގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މާލޭ ސިޓީގައި ވެސް ވޯޓު ފޮށިތައް ވަނީ ބަހައްޓާފައެވެ. މާވަށުގެ 1556 މީހުންނަށް މި ބުރުގައި ވޯޓުލުމުގެ ހައްގު ލިބެއެވެ.




