ލާމު އަތޮޅު މަތިން މިސައިލްތަކެއް ދާތަން ފެނިއްޖެ

Laamu atholhu mathin missile thakeh dhaathan fenijje

މިއަދު 9:10 ހާއިރު ލާމު އަތޮޅުގެ މަތިން މިސައިލްތަކެއް ދަތުރުކުރި މަންޒަރު ފެނިއްޖެއެވެ.

މި މަންޒަރު ފެނުނު މީހަކު “ލާމުއެމްވީ” އަށް މައުލޫމާތު ދެމުން ބުނެފައިވަނީ،  6 މިސައިލް އަތޮޅު މަތިން ދަތުރުކުރި ކަމަށެވެ. އަދި މި އެއްޗެހި ދަތުރުކުރަމުން ދިޔައީ އާންމުކޮށް ފްލައިޓްތައް ދަތުރުކުރާ އުސްމިނުގައި (ފްލައިޓް ލެވަލްގައި) ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، މި ތަކެތި ދަތުރުކުރަމުން ދިޔައީ ހުޅަނގުން ކުޑަ ތަންކޮޅެއް އިރުދެކުނަށް މިސްރާބު ހިފައިގެންނެވެ. މި ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެއީ ގާތްގަނޑަކަށް 9:14 ހާއިރު، ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށްވެސް އެ ސަރަހައްދުން މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ރަސްމީ އިދާރާތަކުން އަދި އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. އަދި މި ތަކެއްޗަކީ ކޮން ގައުމަކުން ފޮނުވާލި އެއްޗެއްކަން ނުވަތަ ކޮން ބޭނުމަކު ދަތުރުކުރި އެއްޗެއްކަންވެސް އަދި ސާފެއް ނުވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments