ވިހައެއް ހުރި ކަމަށް ޝައްކުވެގެން ކުޑަކުދިންގެ ކާނާއެއް މަނާކޮށްފި
Viha eh hurikamah Shahkuvegen kudakudhinge kaanaa eh manaa kohdi

ޖަރުމަނުގެ އުފެއްދުމަށް ކަމަށްވާ ‘ހިޕް’ ބްރޭންޑްގެ ކުޑަކުދިންގެ ކާނާއެއްގައި ވިހައިގެ މާއްދާއެއް އެކުލެވޭ ކަމަށް ޝައްކުވެގެން، އެ ބްރޭންޑްގެ ތަކެތި ރާއްޖޭގައި ހުރި ނަމަ، އެ ބޭނުން ނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފި އެވެ.
‘ހިޕް’ ބްރޭންޑްގެ ކުޑަކުދިންގެ ކާނާއެއްގައި ވިހައިގެ މާއްދާއެއް އެކުލެވޭ ކަމަށް ބެލެވޭތީ، އެ ބްރޭންޑް މަނާކުރީ އޮސްޓްރިއާގައެވެ. ޝައްކު ކުރެވޭ ގޮތުގައި، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ މި ކާނާގައި އެކުލެވޭ ކަމަށް ޝައްކު ކުރެވެނީ، މީދާ މަރަން ބޭނުންކުރާ ވިހަ ބޭހުގެ މާއްދާއެކެވެ.
ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮޓޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އެ ބްރޭންޑަކީ އެ އަތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ބްރޭންޑެއް ނޫން ނަމަވެސް، އެ ބުރޭންޑްގެ ތަކެތި ރާއްޖެއަށް ވެސް އެތެރެކޮށް ވިއްކުމާއި ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެ އަތޯރިޓީއިން ވަނީ އެ ބުރޭންޑު ބޭނުންނުކުރުމަށް އަންގާފައެވެ. މިކަމަށް އާންމުންނާއި ވިޔަފާރިތަކުންވެސް ސަމާލުވުމަށް، ފުޑް އެންޑް ޑްރަގް އަތޯރިޓީއިން ވަނީ އިލްތިމާސްކޮށްފައެެވެ.




