މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

Masverinnah dheyn jehey faisaa ge therein 6 million ah vure gina ruffiya dhookohfi

މަސްވެރިން ކިރުވި މަހަށް ނުލިބި ހުރި ފައިސާގެ ތެރެއިން ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަދު އެކަނިވެސް 6.2 މިލިއަން ރުފިޔާ މަސްވެރި އާއިލާތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އެއީ  (ހަ މިލިއަން ނުވަދިހަ ހާސް އެއް ސަތޭކަ އަށާރަ ރުފިޔާ) އެވެ.

ފައިސާ ދޫކުރި ގޮތުގެ ތަފްސީލު:
  • ކަޅުބިލަމަސް: މި ބާވަތުގެ މަސް ކިރުވި 70 ދޯންޏަކަށް 5.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ (5,870,588ރ.) ވަނީ ދޫކޮށްފައެވެ.
  • ބޮޑުކަންނެލި (10 ކިލޯއިން މަތި): މި ގިންތިން މަސް ކިރުވި 9 ދޯންޏަކަށް 21,080 ރުފިޔާ ވަނީ ޖަމާކޮށްފައެވެ.
  • ބޮޑުކަންނެލި (15 ކިލޯއިން މަތި): މި ގިންތިން މަސް ކިރުވި 19 ދޯންޏަކަށް 198,450 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅަކީ މަސްކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމެވެ.  ސަރުކާރުން ދަނީ މިހާރު ބާކީ ހުރި ހުރިހާ ފައިސާއެއް ދައްކާ ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted