ރަށު ފެންވަރުގައި އަޟްހާ އީދު ފާހަގަކުރުމަށް ދަނބިދޫ ކައުންސިލުން އީދު ކޮމެޓީއެއް އެކުލަވާލުމަށް ނިންމައިފި
Rashu fenvarugai Alha' eid faahagakurumah dhanbidhoo in Eid committee eh ekulavaalumah ninmaifi

މިއަހަރުގެ އަޟްހާ އީދު ރަށު ފެންވަރުގައި ފާހަގަކުރުމަށް ލ. ދަނބިދޫ ކައުންސިލުން އީދު ކޮމެޓީއެއް އެކުލަވާލައިފިއެވެ.
ދަނބިދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ،1447 ވަނަ އަހަރުގެ އަޟްހާ އީދު ރަށު ފެންވަރުގައި ފާހަގަކުރުމަށްޓަކއި އީދު ކޮމެޓީއެއް އެކުލަވާލުމަށް ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ8 ވަނަ އާއްމު ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އެ ކައުންސިލުން ބުނީ މި ކޮމެޓީގައި، ރައްޔިތުންގެ ތެރެއިން7 ބޭފުޅުން ހިމެނުމަށް ނިންމާފައިވާތީވެ، އީދު ކޮމެޓީގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ30 ވަނަ ދުވަހުގެ12:00 ގެ ކުރިން ކައުންސިލްގެ ވައިބަރ ނަންބަރު (7800120) އަށް މެސެޖް ކުރައްވާ ނަން ނޯޓު ކުރުމަށެެވެ.




