ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފި
K. atoll in feshihen L. atoll ah reendhoo samaalu nerefi

މޫސުން ގޯސްވުމާއެކު ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ ބޯކޮށް ގުގުރާނެ ކަމަށް ލަފާކޮށް މިއަދު 00:00 އިން ފަތިހު 05:00 އަށް ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ، ބޯކޮށް ވާރޭ ވެހެމުންދާއިރު، ހުޅުމާލޭ އަށް މިރޭގެ ވަގުތެއްގައި ހޮނުވެސް ވަނީ އަޅާފައެވެ.




