ގަމު ޑަބްލިއުޑީސީ ބަށި މުބާރާތުގެ ޓީމް ލިސްޓް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި!

Gamu WDC bashi mubaaraathuge team list hushahelhumuge furusathu hulhuvaalaifi

ގަމު ޑަބްލިއުޑީސީ ބަށި މުބާރާތުގެ ޓީމް ލިސްޓް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކޮމެޓީއިން ބުނީ، މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުން މިމަހު10 ވަނަ ދުވަހު14:00ގެ ކުރިން ޓީމު ލިސްޓް ހުށަހެޅުމަށެވެ. މި މުބާރާތަކީ ރަށުގެ އަންހެނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެއްބައިވަންތަކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މިދިޔަ އަހަރުގައިވެސް ޑަބްލިއުޑީސީއިން އިންތިޒާމުކޮށްގެން ބަށި މުބާރާތް ވަނީ ބާއްވާފައެވެ.

މިއީ ގަމު މުއައްސަސާތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. ލ.ގަމަކީ ގިނަ އަދަދެއްގެ ބަށި ކުޅުންތެރިން ތިބި ، ބަށީގައި ފާހަގަކޮށްލެވޭ ރަށެކެވެ. އަދި ގަމުގެ ބަށި ކުޅުންތެރިން ވަނީ ރަށް ތަމްސީލުކޮށްގެން ގައުމީ ފެންވަރުގައި ރަން ވަނަތައް ހާސިލްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted