ފޮނަދޫ ބޮޑުމަގުގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

Fonadhoo bodumagugai 2 cycle jehi nurakkaatheri accident eh hingafi

ފޮނަދޫ ބޮޑުމަގުން ކައްދޫއާ ދިމާލަށް ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ.

މި ހާދިސާ ހިނގި މަންޒަރު ފެނުނު މީހަކު ”ލާމުއެމްވީ“ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެކްސިޑެންޓް ހިނގަން މެދުވެރިވީ ކުރިމަތިން ދިޔަ ސައިކަލް ސިގްނަލް ދިނުމަށްފަހު ގޯޅިއަޅަން އުޅެނިކޮށް، މަގުގެ އަނެއް ފަޅިން ވެހިކަލެއް ދުއްވާފައި އަންނާތީ މަގުގެ މެދެއްހާ ހިސާބަށް މަޑުކޮށްލި ވަގުތު ކަމަށެވެ. އެ ވަގުތު ފަހަތުން ދުއްވާފައި އައި ސައިކަލް ގޮސް ކުރިމަތީގައި އޮތް ސައިކަލުގައި ޖެހުނީ ކަމަށް އޭނާ ކިޔައިދިނެވެ.

މި އެކްސިޑެންޓުގައި ކުރިމަތީގައި އޮތް ސައިކަލް ދުއްވަން އިނީ އުމުރުން ދުވަސްވީ ފިރިހެނެކެވެ. މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ވެސް އެ މީހާއަށެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އެ މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެންގޮސްފައެވެ.

އެކްސިޑެންޓް ހިނގުމާއެކު އަނިޔާވި މީހާ ވަނީ ފޮނަދޫ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދީފައެވެ. ނަމަވެސް، އެ ސެންޓަރުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted