ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ”ފުރުޓް ޑެޒާރޓް ކޯސް“ އެެއް ހިންގަނީ

L. Gamu WDC in Fruit dessert course eh hingany

ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”ފުރުޓް ޑެޒާރޓް ކޯސް“ އެއްގައި ބައިވެރިވުމުގެ ފުރުޞަތުހުޅުވާލައިފިއެވެ.

ލ. ގަމު އިޖުތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯސް ބޭއްވުމަށް ނިންމާފައިވަނީ މި ޖޫން މަހުގެ 13 އިން 15 އަށެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ މިދާއިރާއިން ތަޖުރިބާލިބިފައިވާ، މިފަދަ ތަފާތު ކޯސްތައް ހިންގުމުގެ ތަޖުރިބާހުރި ފަރާތަކުންނެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 9 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އެވެ.

މި ކޯހުގެ ފީއަކީ 1500 ރުފިޔާ ނަމަވެސް، ކޮމިޓީން ވަނީ ބައިވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން ޚާއްޞަ އިނާޔަތެއް އިޢުލާންކޮށްފައެވެ. އެގޮތުން ކޯހުގައި އެންމެ ފުރަތަމަ ރަޖިސްޓްރީވާ 20 ބައިވެރިންގެ ކޯސް ފީގެ ތެރެއިން 500 ރުފިޔާ އ.ތ.މ ކޮމިޓީން ސްޕޮންސަރ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެންމެ ފުރަތަމަ ރަޖިސްޓްރީވާ 20 ބައިވެރިން ދައްކަންޖެހޭނީ 1000 ރުފިޔާއެވެ.

ކޯސް ހިންގާ މުއްދަތުގައި ބައިވެރިންނަށް ބޭނުންވާނެ ހުރިހާ ތަކެއްޗެއް (މެޓީރިއަލްސް) ކޮމިޓީގެ ފަރާތުން ފޯރުކޮށްދޭނެއެވެ. މި ކޯހަކީ ރަށުގެ އަންހެނުންނާއި، ކެއްކުމުގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދީ، ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ ކޯހެކެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށް ލ. ގަމު އ.ތ.މ ކޮމިޓީން އެދެއެވެ.

ފޯމު ލިންކު

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments