ކަނޑުތަކުގެ ދުވަހާއި ގުޅިގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ފޮނަދޫ ތަމްސީލް ކުރާނެ ޓީމްތައް ހޯދަނީ

Kanduthakuge dhuvahaao gulhigen baahvaa farumasvrikamuge mubaaraathugai fonashoo thamseel kuraane teamthah hoadhanee

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި ރަށު ކައުންސިލްތައް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލ. ފޮނަދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

2026 ވަނަ އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ފޮނަދޫ ކައުންސިލުން ވަނީ ނިންމާފައެވެ. މި މުބާރާތަކީ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށާއި، މަސްވެރިކަމުގެ ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޓީމް ލިސްޓް ފޮނުވުމަށް ކައުންސިލުން ވަނީ އެދިފައެވެ. ޓީމް ލިސްޓް ހުށަހަޅަންޖެހޭނީ ކައުންސިލްގެ ރަސްމީ އީމެއިލް އެޑްރެސް [email protected] އަށެވެ.

މުބާރާތުގެ އުސޫލުތަކާއި އިތުރު ތަފްސީލުތައް ފޮނަދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓް ކަމަށްވާ www.fonadhoo.gov.mv އިން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

މި މުބާރާތަކީ ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މުހިންމުކަން އަންގައިދީ، ރަށްރަށުގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments