މާަންދޫގައި ކްރޭނެއްގެ ބޫމް ބިިންދައިގެން ގޮސް މީހަކަށް އަނިޔާވެއްޖެ
Maandhoogai Crane ehge boom bindhaigengos meehakah aniyaa vejje

ލ. މާަންދޫގައި މިއަދު ހިނގި ހާދިސާއެއްގައި ކްރޭނެއްގެ ބޫމް ބިންދައިގެން ގޮސް މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގީ ދޯންޏަކަށް ކޮންޓޭނަރެއް އަރުވަން އުޅުމުގެ ތެރޭގައި ކްރޭންގެ ބޫމް ބިންދައިގެން މީހެއްގެ ގަޔަށް ވެއްޓިގެންނެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްޓަކައި ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އިތުރު ތަފްސީލް ސާފުކުރުމަށް ”މާަންދޫ“ގެ އިސް ބޭފުޅަކަށް ގުޅާލުމުން ވިދާޅުވީ މާ ބޮޑު އަނިޔާއެއް ނުވާކަމަށެވެ. މިހާރު އޮތީ އޮބްޒަވޭޝަންގައި ބާއްވާފައިކަމަށެވެ، އަދި މާދަމާ ދޫކޮށްލާނެކަމަށްވެސް ވިދާޅުވިއެވެ.




