ލ. ގަމުގައި ދަނޑުވެރިންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ބާއްވަނީ

Laamu gamugai dhanduverinah khassa thamreen programe eh baahvanee

ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ގަމު ކައުންސިލް ގުޅިގެން، އެ ރަށުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 15 އިން 17 އަށް އެ ރަށުގައެވެ.

މި ތަމްރީން ޕްރޮގްރާމްގެ ތެރޭގައި ދަނޑުވެރިކަމުގެ މުހިންމު ދާއިރާތަކަކުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ކުޑަ ޖާގައިގައި ގަސް ހެއްދުމާއި، މައިކްރޯ ގްރީންސް ހެއްދުމުގެ އިތުރުން، ގޭގައި އަމިއްލައަށް ތައްޔާރުކުރެވިދާނެ ގަސްކާނާއާ ގުޅޭ މަޢުލޫމާތު ދިނުން ހިމެނެއެވެ. އަދި ގޭބިސީތަކަށް ހުރި ދަނޑުވެރިކަމުގެ އެކި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ބައިވެރިންނަށް މަޢުލޫމާތު ދެވޭނެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ޚާއްޞަ އިނާމުތަކެއް ވެސް ވަނީ ހުށަހެޅިފައެވެ. އެގޮތުން، ތަމްރީން ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ 3 ބައިވެރިއަކަށް ރާއްޖޭން ބޭރުގައި އޮންނަ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ސެޕްޓެންބަރު 21 އިން 24 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބައިނަލްއަޤުވާމީ ތަމްރީނުގެ އިތުރުން، އިތުރު 5 ބައިވެރިއަކަށް ’މައިކްރޯ ގްރީން ސްޓާރޓަރ ކިޓު‘ ލިބޭނެއެވެ.

ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 ޖުލައި 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން 7433076 އަށް މެސެޖުކޮށް ނަން ނޯޓުކުރުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments