ރާއްޖޭގައި އަހަރަކު 517،000 ޓަނުގެ ކުނި އުފައްދާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފި

Rajjeygai aharaku 517000 tanuge kuni ufahdhaa kamah thimaavehtaa behey vuzaaraain haamakohffi

ރާއްޖޭގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 517،000 ޓަނުގެ ކުނި އުފައްދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވުޒާރާގެ ވޭސްޓް މެނޭޖްމެންޓް ޑިރެކްޓަރު ޖެނެރަލް މުރުތަލާ މުހައްމަދެވެ.

މުރުތަލާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބަން ސެންޓަރުތަކުގައި ދިރިއުޅޭ މީހުންގެ ބޮލަކަށް ދުވާލެއްގެ މައްޗަށް 1.4 ކިލޯގްރާމްގެ ކުނި އުފައްދައެވެ. އަދި އާދައިގެ ރަށްރަށުގައި މީހެއްގެ ބޮލަކަށް ދުވާލަކު 800 ގުރާމްގެ ކުނި އުފައްދާއިރު، އެންމެ ގިނައިން ކުނި އުފައްދަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް ދުވާލަކަށް 3.5 ކިލޯގްރާމްގެ ކުނި އުފައްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”މާނަ އަކީ އެދާއިރާގައި އުފައްދާ ކުނި ގިނަ އާންމު ރައްޔިތުން އުފައްދާ ކުނީގެ 3 ގުނަ އިތުރު. އިތުރު ވަމުންދާ ނިސްބަތަށް ބަލާއިރު އަހަރެއްގެ މައްޗަށް ގާތް ގަނޑަކަށް %9 އެބަ އިތުރުވަމުންދޭ. މިއީ އަޅުގަނޑުމެންގެ ރާއްޖޭގެ ސައިޒަށް ބަލާފަ ދާއިމީ ހައްލެއް ނުލިބި އޮތުމަކީ ކަންބޮޑުވާން ޖެހޭ ފަދަ މައްސަލައެއް،“ މުރުތަލާ ވިދާޅުވިއެވެ.

ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހާއްސަ ގާނޫނީ އޮނިގަނޑެއް މިހާރު އެކުލަވާލާފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ކުނި މެނޭޖްކުރުމުގެ އާންމު ގަވާއިދާއި، ހިދުމަތް ދިނުމާ ބެހޭ ގަވާއިދުގެ އިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް (ސިންގަލް ޔޫސް ޕްލާސްޓިކް) މަދުކުރުމާ ބެހޭ ގަވާއިދެއް ވެސް ވަނީ އެކުލަވާލާފައެވެ.

މީގެ އިތުރުން، އުފައްދާ ފަރާތްތަކުގެ ޒިންމާ އިތުރުކުރުމާ ގުޅޭ ’އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ‘ އާ ބެހޭ ގަވާއިދެއް ވެސް މި އޮނިގަނޑުގެ ތެރޭގައި ހިމެނޭ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments