މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލްމުކުޅޭ ބަޔަކު ހައްޔަރަށް، ލާމު އަތޮޅަށް ނިސްބަތްވާ ރޯމާން ވެސް ހިމެނޭ

Masthuvaathaketheege mahssala ehgai filmkulhye bayaku hahyarah, laamu atholhah nisbaiyvaa Roman vess himeney

ވިލިމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބަޔަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ލ. އަތޮޅަށް ނިސްބަތްވާ މަޝްހޫރު ފިލްމީ ތަރި މުހައްމަދު ވިޝާލް (ރޯމާން) ގެ އިތުރުން އިތުރު ފިލްމީ ތަރިންތަކެއް ހިމެނެއެވެ.

ފުލުހުންގެ އެންޓި ނާކޮޓިކްސް އިން ހިންގި މި އޮޕަރޭޝަނުގައި އެއް ކޮޓަރިއެއްގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ފިލްމީ ތަރި މުހައްމަދު ވިޝާލް (ރޯމާން) އާއި، އަހުމަދު އަޒްމީލް (އަޒޭ) އަދި އިސްމާއިލް ޖުމައިހު (ޖުމާ) އެވެ. މީގެ އިތުރުން އަޒްމީލުގެ ކޮއްކޮ ޝާހިލު މުހައްމަދު ވެސް ވަނީ އެ ތަނުން ހައްޔަރުކޮށްފައެވެ. މި ހަތަރު މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރާ ކަމުގެ ތުހުމަތެވެ.

ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެމީހުން ތިބި ކޮޓަރި ހުޅުވާފައިވަނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ. އަދި ފުލުހުން އެ ކޮޓަރިއަށް ވަތްއިރު މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ފެންނަން ހުރި ކަމަށް ސީނަށް ދިޔަ ފުލުހުންނާ ހަވާލާދީ ބުނެފައިވެއެވެ. މީގެއިތުރުން އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ވަގުތީ ބަރުދަނުގައި ޓްރެފިކިންގެ މިންގަނޑަށް އަރާ މިންވަރަށް ތަކެތި ހުރި ކަމަށް ފުލުހުން ބަންދު މަޖިލީހުގައި ވަނީ ފާހަގަކޮށްފައެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ޖުމައިހު ފިޔަވައި، ދެން ތިބި ތިން މީހުންނަކީ މީގެކުރިން ވެސް ކުށުގެ ރެކޯޑް އޮތް ބައެކެވެ. މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު މި މީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެސްފައިވާ އައު އިސްލާހުގެ ދަށުން ބޮޑު އަދަބެއް އަންނާނެއެވެ.

އައު އިސްލާހުގެ ދަށުން މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް ކަނޑައަޅާފައިވަނީ މަރުވަންދެން ޖަލުގައި ބަންދުކޮށްފައި ބަހައްޓަންޖެހޭ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. މީގެކުރިން އުމުރު ދުވަހުގެ ޖަލު ހުކުމަކީ 25 އަހަރު ކަމަށް އޮތް މާއްދާ އުވާލާފައިވާއިރު، މިފަދަ ކުށްތައް ސާބިތުވާ ފަރާތްތަކަށް މާފުދިނުމާއި ޕެރޯލްގެ ދަށުން ދޫކޮށްލުން ވެސް ގާނޫނުން ވަނީ މަނާކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted