ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފަހު މަރުހަލާގައި

Rajjeygai thibi Bangladesh ge gaidheen badhalu kurumuge ehbassvumehgai soikurumuge masahkai fahu maruhalaagai

ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ގައިދީން ބަދަލުކުރުމާ ގުޅޭގޮތުން ކުރަމުންދާ މަޝްވަރާތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ބަންގްލަދޭޝްގެ ”ޑާކާ ޓްރިބިއުޓް“ ނޫހުން ހާމަކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ވެވޭ މި އެއްބަސްވުމުގެ ފަހުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ގައިދީންނަށް އެމީހުންގެ ހުކުމުގެ ބާކީ ބައި އަމިއްލަ ގައުމުގައި ތަންފީޒު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިކަމާ ގުޅޭގޮތުން ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމްއާ ހަވާލާދީ އެ ނޫހުން ބުނީ، ދެ ގައުމުގެ ކަމާގުޅޭ އިދާރާތަކުން ނިންމަންޖެހޭ ރަސްމީ ކަންކަން ނިމުމުން އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ.

ސަފީރު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އިންސާނިއްޔަތުކަމާއި ގާނޫނީ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެއެވެ. މީގެ އިތުރުން، ސަފީރު އިސްކޮށް ހުންނަވައިގެން ހާއްސަ ވަފުދަކާއެކު ދާދި ފަހުން ވަނީ މާފުށި ޖަލަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތަކީ އެގައުމުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ހައްގުތަކާއި އިންސާނީ އެހީތެރިކަން ލިބޭތޯ ކަށަވަރު ކުރުމަށް ކުރި ދަތުރެއް ކަމަށް މައުލޫމާތު ލިބެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖަލުތަކުގައި މިވަގުތު ބަންގްލަދޭޝްގެ 44 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 34 މީހުންނަކީ އެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ. ބާކީ ތިބި 10 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments