ސިފައިންގެ އަސާސީ ތަމުރީނު ކޯސް ނިންމި ދެ ބެޗެއްގެ ދަރިވަރުން ހުވާކޮށްފި

Sifainge asaasee thamreen course ninmmi dhe batch ehge dharivarun huvaakohffi

އެމްއެންޑީއެފްގެ 72 ވަނަ އަދި 73 ވަނަ އަސާސީ ތަމުރީނު ކޯހުގެ ދަރިވަރުން ތަމްރީނު ފުރިހަމަކޮށް މިއަދު ހުވާކޮށްފިއެވެ. މި ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ކ. ގިރިފުށީ ހެވިކަމުގެ މައިދާނުގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި، ތަމްރީނު ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސައިން މަޒީދެވެ. ހުވާކުރުމަށްފަހު، ދަރިވަރުންނާ ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި އަހަރުގެ މާރިޗު 7 އިން ޖޫން 11 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގެ ތެރެއިން 72 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިން ސެންޓަރުގައެވެ. އަދި 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ ކ. ގިރިފުށީގައެވެ.

އަސާސީ ތަމްރީނު ކޯހުގެ މަގްސަދު

ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް އިލްމާއި ހުނަރު އުނގަންނައިދިނުމަށް ހިންގާ ކޯހެކެވެ. މި ކޯހުގެ މައިގަނޑު އަމާޒަކީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ގައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަދި އަހްލާގު ރަނގަޅު މީހަކަށް ހެދުމެވެ.

މީގެ އިތުރުން، އަމުރަށް ކިޔަމަންތެރި، ހަށިހެޔޮ ބަޔަކަށް ސިފައިން ހެދުމާއެކު، ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ އިލްމާއި ހުނަރުތައް މި ތަމްރީނުގެ ތެރެއިން ދަރިވަރުންނަށް ވަނީ އުނގަންނައިދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments