މެސީއާއި އާޖެންޓީނާގެ ސަޕޯޓަރުން ކަރުނުން ފޯކޮށްލުމަށްފަހު ސުޕެއިން ޗެންޕިއަންކަން ހޯދައިފި
Messi aai Argentina supportarun karunun foakohlumah fahu spain champion kan hoadhaifi

ފައިނަލުގައި، ކުރީގެ މުބާރާތުގެ ޗެމްޕިއަން އާޖެންޓީނާގެ މައްޗަށް 1-0 ގެ ނަތިޖާއަކުން ކާމިޔާބު ހޯދައި، ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ދެވަނަ ފަހަރަށް ހޯދައި އެވެ.
ސްޕެއިނުން ނަތީޖާ ބަދަލު ކުރީ އިތުރު ވަގުތުގައި، ފެރާން ޓޯރޭޒް ޖަހައިދިން ލަނޑުންނެވެ. އިތުރު ވަގުތުގެ ދެ ހާފް އާޖެންޓީނާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
އެ ހާފުގައި މެޗުގެ ބޮޑުބައެއް ކޮންޓްރޯލް ކޮށްގެން ކުޅުނީ ސްޕެއިންގެ ޓީމުންނެވެ. ބޯޅަ ހިފަހައްޓައިގެން 64 ޕަސަންޓް ޕާސް، އެ ޓީމުން ފުރިހަމަ ކުރި އެވެ.
އެކަމަކު އާޖެންޓީނާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން ސްޕެއިނަށް ވަނީ އުނދަގޫތަކަކާ ކުރިމަތި ވެފަ އެވެ.
މެޗުގެ ކުރީކޮޅު ސްޕެއިނަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޑެނީ އޮލްމޯ އާއި ލަމީން ޔަމާލްގެ ގުޅިގެން އުފެްއްދި ފުރުސަތުގައި ޔަމާލް ފޮނުވާލި ނުރައްކާތެރި ހަމަލާ، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް ދިފާއު ކުރި އެވެ.
ފުރަތަމަ ހާފުގައި އާޖެންޓީނާގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ކެޕްޓަން ލިއޮނަލް މެސީ އަދި ހޫލިއަން އަލްވަރޭޒް ފަދަ މުހިންމު ކުޅުންތެރިން ތިބީ ބާކީވެފައި ކަހަލަގޮތަކަށެވެ. ސްޕެއިންގެ ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ވެސް އާޖެންޓީނާއަކަށް، އެ ހާފުގައި ނުއުފެއްދުނެވެ. އަދި ސްޕެއިންއާ ދެކޮޅަށް ކޯނަރެއް ވެސް ހޯދިފައެއް ނުވެ އެވެ.
ހާފު ނިމެން ދަނިކޮށް ސްޕެއިންގެ މާކް ކުކުރޭޔާ ވަނީ ނުރައްކާތެރި ހަމަލާއެއް އާޖެންޓީނާގެ ގޯލަށް ފޮނުވާލާފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އެ ހާފުގައި އާޖެންޓީނާއަށް އެހެން ގޮންޖެހުމެއް ވެސް ކުރިމަތިވި އެވެ. އެ ޓީމުގެ ޑިފެންޑަރު ލިސަންޑްރޯ މާޓީނޭޒަށް އަނިޔާވެގެން ހާފުގެ ފަހުކޮޅުގައި ބަދަލު ކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ 38 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ އަށް ބަދަލެއް ނައުމުން ކުރިމަތިލީ އިތުރު ވަގުތުގެ ދެ ހާފަށެވެ. އާޖެންޓީނާ އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އިރު ވެސް އެ ޓީމުގެ ގޯލް ފޫއަޅުވާލުމުގައި ސްޕެއިން އަށް، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބެއް ނުހޯދުނެވެ.
އެކަމަކު އިތުރު ވަގުތުގެ ދެވަނަ ހާފަށް ނުކުމެ، ސްޕެއިންއިން ނަތީޖާ ބަދަލު ކުރި އެވެ.
މެޗުގެ 106 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް ޖަހައިދިން ލަނޑުން 1-0 ގެ ނަތީޖާއަކުން ސްޕެއިން ވަނީ އާޖެންޓީނާގެ މައްޗަށް ކުރި ހޯދާފަ އެވެ.
މި ލަނޑު ޖެހުމަށް ސްޕެއިންގެ މިޑްފީލްޑުން ވަނީ އާޖެންޓީނާގެ ވަރުބަލިވެފައިވާ ޑިފެންސް ހާސްކަމުގެ ތެރެއަށް ވައްޓާލާފަ އެވެ. ނިކޯ ވިލިއަމްސް ހުރަސްކޮށްލި ރީތި ބޯޅަ، ފެރާން ޓޮރޭޒް ވަނީ ވަރަށް ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. އޭނާ ފޮނުވާލި މި ހަމަލާ ހުއްޓުވަން އާޖެންޓީނާގެ މާޓީނޭޒްއަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.




