ގަމުން 22 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

Gamun 22 aharuge zuvaanaku gelligen hoadhan fashaifi

ލ. ގަމުން ރޭގެ ވަގުތެއްގައި ގެއްލިގެން ހޯދަމުންދާ އުމުރުން 22 އަހަރުގެ އަމްޖާޒު އަލީ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއިލާ ގުޅިގެން ދަނީ ބާރަށް ކުރަމުންނެވެ.

ލ. ގަން، ތުނޑި، ކުރިބޯށި، އަމްޖާޒު އަލީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:00 ޖަހާލިހާއިރުއެވެ. އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭ މެންދަމު 12:00 ހާއިރުއެވެ.

މި ހޯދުމުގެ ތެރެއިން، އަމްޖާޒު ދުއްވި ސައިކަލު މިހާރު ވަނީ އެ ރަށު “ރިވެރިސް” ސަރަހައްދު ކައިރިން ފެނިފައެވެ. ނަމަވެސް އޭނާގެ ފޯނަށް ނުގުޅޭތީ، އޭނާ ހުރި ތަނެއް ދެނެގަތުމަށް ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ފޯނު ލޮކޭޓްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އަމްޖާޒު އަލީ

އަމްޖާޒާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އާއިލާގެ ނަންބަރު 9502503 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. އަމްޖާޒު ހޯދުމަށް ރަށުގެ ގިނަ ބަޔަކު ދަނީ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments