ފަޅުތަކާއި ފަޅުރަށްތަށް ކުއްޔަށް ދިނުމާގުޅޭ އައު ޤާނޫނެއް މަޖިލީހަށް

falhuthakaai falhurahthah kuhyyah dhinumaagulhey au qaanooneh majileehah

ދިވެހިރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކޮށް، އައު ޤާނޫނެއް އެކުލަވައިލުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލަކީ މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނު އުވާލައި، ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރެވޭނެ ހާލަތްތަކާއި އުސޫލުތައް އިތުރަށް ތަފްސީލުކުރުމަށް ހުށަހެޅި ބިލެކެވެ.

މި ބިލުގައިވާ ގޮތުން، ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުއްވުމުގެ ބާރު ލިބިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެގޮތުން ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން، ސިނާޢީ، އިގްތިސާދީ އަދި އިޖުތިމާޢީ ބޭނުންތަކުގެ އިތުރުން ދައުލަތުގެ ބޭނުންތަކަށް ރަށްތައް ކަނޑައެޅިދާނެއެވެ. ފަތުރުވެރިކަމާއި ސިނާޢީ ބޭނުންތަކަށް އެކަށައަޅާ ރަށްތައް ފިޔަވައި، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތައް ކުއްޔަށް ދޫކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ކުއްޔަށް ދޫކުރެވޭނެ މުއްދަތާއި އުސޫލުތައް

އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަށެވެ. ނަމަވެސް، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި ޖުމްލަ 50 އަހަރަށްވުރެ އިތުރުނުވާ ގޮތަށް މުއްދަތު އިތުރުކޮށްދެވިދާނެއެވެ. ވިޔަފާރީގެ ބޭނުމަށް ފަޅުރަށްތައް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޕާޓްނާޝިޕްތަކުގެ އިތުރުން، ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުނިތަކަށެވެ.

ފަޅުތައް ކުއްޔަށް ދިނުމުގައި ބަލާނީ ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާޢީ މަސައްކަތްތަކަށާއި، އެއް މިލިޔަން ރުފިޔާއަށްވުރެ ކުޑަނޫން އިންވެސްޓްމަންޓްތައް ހިމެނޭ އިގްތިސާދީ މަސައްކަތްތަކަށެވެ. މީގެ އިތުރުން، ވަކި ބޭނުމަކަށް އެކަށައަޅާފައި ނުވާ ރަށްތައް ވަރުވާއަށް ދޫކުރެވޭނީ ގިނަވެގެން 5 އަހަރުގެ މުއްދަތަށެވެ.

ޖޫރިމަނާއާއި އިކުއިޒިޝަން ފީ

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައަޅާނީ މާލީކަންކަމާބެހޭ ވުޒާރާއިންނެވެ. އަދި ޤާނޫނާ ޚިލާފު ކަންކަން ކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވަރުވާއަށް ދޫކުރާ ރަށެއްގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ 500,000 ރުފިޔާއާ ހަމައަށް، އަދި ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުތަކުގައި ނަމަ 1,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

މި އައު ޤާނޫނަށް އަމަލުކުރަން ފެށިނަމަވެސް، ކުރީގެ ޤާނޫނުގެ ދަށުން ވެފައިވާ އެއްބަސްވުންތައް ސައްޙަވާނެއެވެ. ނަމަވެސް، ކުއްޔާއި ވަރުވާ ދެއްކުމުގެ އުސޫލު ފިޔަވައި، އައު ޤާނޫނުގައި ހިމެނޭ އެހެނިހެން ހުރިހާ އުސޫލުތަކެއް އެ އެއްބަސްވުންތަކުގެ މައްޗަށް ހިނގާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ފަޅުތަކާއި ފަޅުރަށްތަށް ކުއްޔަށް ދިނުމާގުޅޭ އައު ޤާނޫނެއް މަޖިލީހަށް

ދިވެހިރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކޮށް، އައު ޤާނޫނެއް އެކުލަވައިލުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލަކީ މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނު އުވާލައި، ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރެވޭނެ ހާލަތްތަކާއި އުސޫލުތައް އިތުރަށް ތަފްސީލުކުރުމަށް ހުށަހެޅި ބިލެކެވެ.

މި ބިލުގައިވާ ގޮތުން، ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުއްވުމުގެ ބާރު ލިބިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެގޮތުން ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން، ސިނާޢީ، އިގްތިސާދީ އަދި އިޖުތިމާޢީ ބޭނުންތަކުގެ އިތުރުން ދައުލަތުގެ ބޭނުންތަކަށް ރަށްތައް ކަނޑައެޅިދާނެއެވެ. ފަތުރުވެރިކަމާއި ސިނާޢީ ބޭނުންތަކަށް އެކަށައަޅާ ރަށްތައް ފިޔަވައި، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތައް ކުއްޔަށް ދޫކުރާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ކުއްޔަށް ދޫކުރެވޭނެ މުއްދަތާއި އުސޫލުތައް

އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ 21 އަހަރުގެ މުއްދަތަށެވެ. ނަމަވެސް، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި ޖުމްލަ 50 އަހަރަށްވުރެ އިތުރުނުވާ ގޮތަށް މުއްދަތު އިތުރުކޮށްދެވިދާނެއެވެ. ވިޔަފާރީގެ ބޭނުމަށް ފަޅުރަށްތައް ދޫކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޕާޓްނާޝިޕްތަކުގެ އިތުރުން، ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުނިތަކަށެވެ.

ފަޅުތައް ކުއްޔަށް ދިނުމުގައި ބަލާނީ ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާޢީ މަސައްކަތްތަކަށާއި، އެއް މިލިޔަން ރުފިޔާއަށްވުރެ ކުޑަނޫން އިންވެސްޓްމަންޓްތައް ހިމެނޭ އިގްތިސާދީ މަސައްކަތްތަކަށެވެ. މީގެ އިތުރުން، ވަކި ބޭނުމަކަށް އެކަށައަޅާފައި ނުވާ ރަށްތައް ވަރުވާއަށް ދޫކުރެވޭނީ ގިނަވެގެން 5 އަހަރުގެ މުއްދަތަށެވެ.

ޖޫރިމަނާއާއި އިކުއިޒިޝަން ފީ

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައަޅާނީ މާލީކަންކަމާބެހޭ ވުޒާރާއިންނެވެ. އަދި ޤާނޫނާ ޚިލާފު ކަންކަން ކުރާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވަރުވާއަށް ދޫކުރާ ރަށެއްގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ 500,000 ރުފިޔާއާ ހަމައަށް، އަދި ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުތަކުގައި ނަމަ 1,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

މި އައު ޤާނޫނަށް އަމަލުކުރަން ފެށިނަމަވެސް، ކުރީގެ ޤާނޫނުގެ ދަށުން ވެފައިވާ އެއްބަސްވުންތައް ސައްޙަވާނެއެވެ. ނަމަވެސް، ކުއްޔާއި ވަރުވާ ދެއްކުމުގެ އުސޫލު ފިޔަވައި، އައު ޤާނޫނުގައި ހިމެނޭ އެހެނިހެން ހުރިހާ އުސޫލުތަކެއް އެ އެއްބަސްވުންތަކުގެ މައްޗަށް ހިނގާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments