ގަދަ ވަޔާއެކު ލިންކް ރޯޑަށް ރުކެއް ވެއްޓި މަގުގެ އެއްލޭނު ބަންދުވެއްޖެ

Gadh vayaaeku link roadah rukeh vetti maguge eh lane bandhuvejje

މި ހާދިސާ ހިނގާފައިވަނީ އިރާކޮޅި ކުރި ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުންނެވެ. ރުއް ވެއްޓިފައިވަނީ ލިންކް ރޯޑުގެ އުތުރު ފަރާތުން މާންދޫއާއި ގަމާއި ދޭތެރޭގައި އޮންނަ ”ވައިޓްބޭ“ ސަރަހައްދަށެވެ. ރުއް ވެއްޓުމުގެ ސަބަބުން މަގުގެ އެއް ފަރާތް އެއްކޮށް ބަންދުވެ، ދަތުރުފަތުރު ކުރުމަށް ވަނީ ދަތިތަކަކާ ކުރިމަތިވެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ އުޅަނދަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް، މަގު ބަންދުވުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

މަގަށް ވެއްޓިފައިވާ ރުއް ނަގައި، މަގު ހުޅުވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވައިގަދަވާނެތީ އެންމެހާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted