މިއަދު ހެނދުނު އެންމެ ވައިގަދަވީ ލ.ކައްދުއަށް

Miadhu hendhunu enmme vaigadahvee L.Kahdhuah

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، މިއަދު ހެނދުނު ވިލާގަނޑުގައި އެންމެ ވައިގަދަވި ކަމަށް ރިކޯޑު ކުރެވިފައިވަނީ ލ. ކައްދުއަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ލ. ކައްދުއަށް ވިލާގަނޑުގައި ގަޑިއަކު 46 މޭލު ބާރުމިނުގައި ވައި ޖެހިފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އާ ހަމައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމާލެއަށާއި ބ. ދަރަވަންދުއަށެވެ. މި ދެ ރަށަށް ވެސް 84 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވެއެވެ.

އާންމު ވައިގެ ދުވެއްޔަށް ބަލާއިރު، އިއްޔެ މެންދުރުން ފެށިގެން ރޭ މެންދަމު 12:00 އާ ހަމައަށް އެންމެ ވައިގަދަކޮށް ހުރީ ކުޅުދުއްފުށި ސިޓީ، ނ. މާފަރު އަދި ކ. ހުޅުލެއަށެވެ. މި ސަރަހައްދުތަކަށް އާންމުކޮށް ގަޑިއަކު 17 މޭލު ބާރުމިނުގައި ވައި ޖެހިފައިވެއެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މިރެއާއި މާދަމާ ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވައިގަދަވުމުގެ ފުރުސަތު އެބައޮތެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments