ގަމު މަތިމަރަދޫ ސަޙަރާ ވަށާފާރު ރާނާ އަދި ގުދަނެއް ހަދާދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި
Gamu mathimaradhoo saharaa vashaafaaru raanaa adhi gudhaneh hadhaadheyne faraatheh hoadhan iulaanukohffi

ލ. ގަމު މަތިމަރަދޫ ސަޙަރާގެ ވަށާފާރު ރޭނުމާއި އެ ތަނުގައި ގުދަނެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ގަމު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ.
ގަމު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ޑޮކިއުމަންޓް ގަނެ، ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ 200 (ދުވިސައްތަ) ރުފިޔާއެވެ.
ބިޑް ފޮތް ގަތުމަށްޓަކައި ކައުންސިލްގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. މިކަމަށް ބޭނުންކުރާނެ އެކައުންޓް ނަންބަރަކީ 7707700315001 އެވެ. އަދި ސްލިޕް ފޮނުވަންޖެހޭނީ 7611515 ނަންބަރު ވައިބަރ އަށެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ލ. ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމްގައެވެ. ކައުންސިލުން ބުނިގޮތުގައި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
ބީލަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 20 އޮގަސްޓް 2026 ގެ 12:00 އާ ހަމައަށް ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ 7611515 ނަންބަރަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށްވެސް ގަމު ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.




