ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: އަފޭން ބަލިކޮށް، ކިންގް ސްޕޯޓްސް ކްލަބަށް ރަނގަޅު ފެށުމެއް

މިހާރު ކުރިޔަށްދާ ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި އަފޭން ބަލިކޮށް، ކިންގް ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން ކިންގް އެސްސީ މޮޅުވީ5-2 ގެ ނަތީޖާއަކުންނެވެ. ކިންގް އެސްސީގެ މޫސާ ހާނިމް އާއި އަހުމަދު މުފީދު ވަނީ ދެ ގޯލު ޖަހާފަ އެވެ. އެ ޓީމުގެ ފަހު ގޯލު ޖެހީ ޝިޔާން ޝާފިއު (އެޓޫ) އެވެ.

އަފޭން ޓީމުގެ ފުރަތަމަ ގޯލު ޖެހީ އާދަމް ވަޖީހު (ވަޖީ) އެވެ. އަދި ދެވަނަ ގޯލަކީ، ކިންގް އެސްސީގެ އަބްދުﷲ ފަރީސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކިންގް އެސްސީގެ ހާނިމް އެވެ.

ރޭ ސޭންޑްސް އޮފް ލާމު އާއި ކިޔުއެމް ސްޕޯޓްސް އެކަޑަމީ ބައްދަލުކުރި މެޗު ނިމުނީ1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. ސޭންޑްސް އޮފް ލާމުގެ ގޯލު ޖެހީ އަހުމަދު ފިރާޝް (ކަހޫ) އެވެ. އަދި ކިޔުއެމްގެ ގޯލު ޖެހީ އަހުމަދު ޝާމިޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކިޔުއެމްގެ މޫސާ މުހައްމަދު އެވެ.

ރޭގެ ދެވަނަ މެޗުގައި، ބައްދަލުކުރީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި ބީޖީއެސްސީ އެވެ. މި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ އާދަމް ޝަހީމް އެވެ.

ވިއްސާރަވުމާ ގުޅިގެން ރޭގެ ފަހު މެޗު ވަނީ ފަސްކުރެވިފަ އެވެ. ފޮއެމަތި ސްޕޯޓްސް ކްލަބާއި ބެސްޓް ބޯއީޒް ބައްދަލުކުރާ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments