ހިތަދޫގައި ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވަނީ

Hithadhoo gai qaumee dhuvahuge munaasabathugai dhidha negumuge rasmiyyathu baahavnee

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތު ހައްދުންމަތީ ހިތަދޫގައި ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ރަބީޢުލްއައްވަލް 1448 (14 އޮގަސްޓް 2026) ވާ ހުކުރު ދުވަހުގެ ހެނދުނު 06:00 ގައި އެ އިދާރާގައެވެ.

މި ރަސްމިއްޔާތަކީ ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތަކަށް ވާތީ، ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ދުވަހުގެ ފަތިހު 05:30 އަށް ހިތަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން ކައުންސިލް އިދާރާއަށް ހާޒިރުވެދެއްވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިތަދޫ ކައުންސިލުން ވަނީ ރަށުގެ ވީހާވެސް ގިނަ ރައްޔިތުން މި ޤައުމީ ރަސްމިއްޔާތުގައި ބައިވެރިވެ، ޤައުމީ ލޯބި އާލާކުރުމަށް އެދިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments