މާވަށު ހުކުރު މިސްކިތުގެ މަރާމާތަށް އެހީތެރިކަން ފޯރުކޮށްދޭން ހުޅުވާލައިފި
Maavashu hukuru miskithuge maraamaathah eheeetherikan foarukohdheyn hulhuvaalaifi

ލ. މާވަށު ހުކުރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ، އެ މަސައްކަތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މާވަށު ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، މިސްކިތުގެ މަރާމާތުގެ މަސައްކަތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ތަފާތު ތިން ގޮތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެއީ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް ސައި ނުވަތަ ކެއުން ހަމަޖެއްސައިދިނުމާއި، މަރާމާތަށް ބޭނުންވާ ސާމާނު ނުވަތަ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމެވެ.
މާވަށު ކައުންސިލުން ވަނީ މި މާތް މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވާ އެންމެހައި ފަރާތްތަކަށް ހެޔޮ ޖަޒާ ދެއްވުން އެދި ދުއާކޮށްފައެވެ.




