ސީޑޯ ޝެޑޯ ރިޕޯޓަށް މައުލޫމާތު އެއްކުރުމަށް އެޗްއާރްސީއެމުން ގަމު ކައުންސިލާ ބައްދަލުކޮށްފި

CEDAW shadow reportah mauloomaathu ehkurumah HRCM in gamu councilaai bahdhalukohffi

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން، ސީޑޯ (ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން) މޮނިޓަރިންގ އަދި ޝެޑޯ ރިޕޯޓް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތުގެ ތެރެއިން ލ. ގަމު ކައުންސިލްގެ މެންބަރުންނާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މުޖުތަމައުގެ ފެންވަރުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތަކާ ގުޅޭގޮތުންނެވެ. އޭގެ ތެރޭގައި އަންހެނުންގެ ހައްގުތަކާއި، ހަމަހަމަކަމާއި، މުޖުތަމައުގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ މުހިންމު މައްސަލަތައް ހިމެނެއެވެ.

މީގެ އިތުރުން، އަންހެނުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭ އެކި ޚިދުމަތްތައް ލިބިގަތުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް ދެފަރާތުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މައުލޫމާތު ބަދަލުކޮށް މަޝްވަރާކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted