އެމްއެންޑީއެފުން ލާމު އަތޮޅުގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

MNDF in laamu atholhuge baeh schoolthakuge dharivarunah muhinmmu harakaaithakeh kuriah gengossfi

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން އިސްނަގައިގެން ލ. އަތޮޅުގެ އެކި ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހުނަރު އިތުރުކުރުމާއި ހޭލުންތެރިކުރުވުމުގެ ގިނަ ހަރަކާތްތަކެއް ސިލްސިލާކޮށް ކުރިއަށް ގެންގޮސްފިއެވެ.

ފަސްޓްއެއިޑާއި ޓީމް ބިލްޑިންގ އަދި އަން-އާމްޑް ކޮމްބެޓް ތަމްރީނުތައް

މި ހަރަކާތްތަކުގެ ތެރެއިން ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިމަހު ކުރިއަށް ގެންދިޔަ

ކޭންޕުގެ ތެރެއިން އެ ސްކޫލުގެ ގާލްގައިޑް އަދި ސްކައުޓުންނަށް ފަސްޓްއެއިޑް އަދި ޓީމް ބިލްޑިންގ ކުލާހެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖުމްލަ 94 ދަރިވަރުން ބައިވެރިވި މި ކުލާހުގައި ބޭސިކް ފަސްޓްއެއިޑް، ސީޕީއާރު އަދި ފްރެކްޗަރއާ ބެހޭ މަޢުލޫމާތުގެ އިތުރުން ‘ބިލްޑަރސް އެންޑް ބުލްޑޯޒަރސް’، ‘ހޫޕް ރޭސް’ އަދި ‘ކަލަރ މެޗިންގ’ ފަދަ ޓީމް ބިލްޑިންގ ގޭމްތައް ކުރިއަށް ގެންދިޔައެވެ.

މީގެއިތުރުން، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) އާއި، ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު، ލ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި އިހައްދޫ ސްކޫލް ގުޅިގެން އޮގަސްޓު 21 އިން 24 އަށް ކުރިއަށްގެންދާ ކެޑޭޓް ކޭންޕުގެ ތެރެއިން 76 ކެޑޭޓުންނަށް “އަން-އާމްޑް ކޮމްބެޓް” ސެޝަނެއް ވެސް ވަނީ ހިންގާފައެވެ. މި ސެޝަނުގައި ނުރައްކާތެރި ހާލަތްތަކުގައި އަމިއްލަ ނަފުސު ދިފާއުކުރާނެ އުކުޅުތަކާއި ސެލްފް-ޑިސިޕްލިންގ އުނގަންނައިދީފައިވެއެވެ.

އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް

ހަމައެއާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ލ. ކައްދޫ ފަޔަރ ސްޓޭޝަނުން އިސްނަގައިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ އެވެއަރނަސް ސެޝަންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ލ. ގަން މުކުރިމަގު ސްކޫލުގެ 20 ގާލްގައިޑުންނަށާއި، ލ. އަތޮޅު މަދަރުސާގެ 38 ގާލްގައިޑް އަދި ސްކައުޓުންނަށް މި ސެޝަންތައް ވަނީ ނަގައިދީފައެވެ.

ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ނަގައިދިން މި ސެޝަންތަކުގައި، އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކާ ގުޅޭގޮތުން ދަރިވަރުންނަށް މުހިންމު މަޢުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments