ގަން ހިމެނޭހެން އެފްއޭއެމްގެ ރީޖަނަލް އެސޯސިއޭޝަން އޮފީސް 4 ރަށެއްގައި ގާއިމްކުރަނީ

Gan himeneyhen FAMge regional association office 4 rashehgai qaaimkuranee

ދިވެހި ފުޓުބޯޅަ އޭގެ އަސްލު މަގާމަށް ވާސިލްކޮށްދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އަލަށް އުފައްދަން ނިންމާފައިވާ ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ގާއިމްކުރާނެ ރަށްތައް ކަނޑައަޅައިފިއެވެ.

ފުޓުބޯޅައިގެ ބޭނުމަށް އެފްއޭއެމް އިން ވަނީ މުޅި ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލާފައެވެ. އެއީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން އަދި ސައުތު ރީޖަންއެވެ. ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑަށް ގެނެސްފައިވާ މި ބަދަލާ އެއްގޮތަށް އުފައްދާ ހަތަރު އެސޯސިއޭޝަނަކީ ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން އަދި ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަނެވެ.

މި އެސޯސިއޭޝަންތަކުގެ ތެރެއިން ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫގައެވެ. ސެންޓްރަލް ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން އދ. މަހިބަދޫގައި ގާއިމްކުރާއިރު، މާލޭ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ގާއިމްކުރާނީ މާލެގައެވެ. އަދި ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ގާއިމްކުރުމަށް ނިންމާފައިވަނީ ލ. ގަމުގައެވެ.

މީގެއިތުރުން، ފުޓުބޯޅަ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން އެފްއޭއެމްގެ ހާއްސަ ޑިވެލޮޕްމަންޓް އޮފީހެއް ބ. އޭދަފުށީގައި ގާއިމްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments