މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

Massverinah 14.5 million rufiyyage loan dhookohffi

ނިމިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. އެ ވުޒާރާއިން ޢާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، މި ފައިސާ ދޫކޮށްފައިވަނީ ޖުމްލަ 113 މަސްވެރިއަކަށެވެ.

ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުމުގެ މަސައްކަތް

އެހެން ވަޒީފާތަކެކޭ އެއްފަދައިން މަސްވެރިންނަކީވެސް ދައުލަތް ބަލައިގަންނަ އަދި ދަންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. މި ދަފްތަރުގެ ސަބަބުން މަސްވެރިންނަށް މާލީ އިދާރާތަކުން ފަސޭހަކަމާއެކު މާލީ އެހީތެރިކަމާއި ފައިނޭންސިންގ ހޯދުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.

މި މަޝްރޫޢުގެ ދަށުން މަސްވެރިންނަށް ފަސޭހައިން ލޯނު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މަސްވެރިކަމާބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި މި ސްކީމުގެ ދަށުން މަސްވެރިންނަށް ޢަމަލީ ގޮތުން ލޯނު ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުން ފެށިގެންނެވެ.

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދުމުގެ ފުރުޞަތު

މަސްވެރިންނަށް ލޯނު ދޫކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ ”މަސްވެރިޔާ ޕޯޓަލް“ މެދުވެރިކޮށެވެ. މިއީ ޤައުމީ ދަފްތަރުގައި ހިމެނޭ ޝަރުތުހަމަވާ މަސްވެރިންނަށް އިސްލާމިކް ފައިނޭންސްގެ އެކި ސްކީމްތަކަށް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލެކެވެ. މީގެ ސަބަބުން ބޭންކުގެ ބްރާންޗަކަށް ނުގޮސް، ކޮންމެ ތަނެއްގައި ހުރެގެންވެސް ލޯނަށް އެދުމުގެ ފަސޭހަކަން މަސްވެރިންނަށް ލިބެއެވެ.

މި ޕޯޓަލް މެދުވެރިކޮށް ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުން، މަސްވެރިކަމުގެ ސާމާނު ހޯދުމާއި އައުކުރުން، އަދި ދަރިންނަށް މަތީ ތަޢުލީމު ހޯދައިދިނުން ފަދަ ކަންކަމަށް ލޯނު ނެގެއެވެ. މީގެ އިތުރުން އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމުގެ އިތުރުން، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށްވެސް މި ޕޯޓަލް މެދުވެރިކޮށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted