މުންޑޫ އަންހެނަކު މާލެއިން ގެއްލިގެން ހޯދަނީ
Mundoo anhenaku Male'in gehligen hoadhanee

މާލޭގައި ދިރިއުޅެމުންދާ 25 އަހަރުގެ ދިވެހި އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުންދަނީ ލ. މުންޑޫ، ގުލްޒާރުގެ، މަރްޔަމް މާއީ ޖަމީލް (25އ) ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރު މާލޭގައި ދިރިއުޅެމުންދާ މަރްޔަމް މާއީ ޖަމީލް ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
އެހެންކަމުން، މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.



