ފޮނަދޫގައި ކުރިއަށްގެންދާ ނަމާދު އަދި ބަންގި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
Fonadhoogai kuriahgendhaa namaadhu adhi bangi workshop gai baiverivumuge furusathu hulhuvaalaifi

ލ. ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި މަންފާ ޖަމިއްޔާ ގުޅިގެން ފޮނަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ނަމާދު އަދި ބަންގި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހުގެ 24، 25 އަދި 26 ވަނަ ދުވަހުއެވެ. މިއީ މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ނަމާދު ވޯކްޝޮޕް ޚާއްސަކޮށްފައިވަނީ 8 އަހަރާއި 15 އަހަރާ ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށެވެ. އަދި ބަންގި ވޯކްޝޮޕް ޚާއްސަކޮށްފައިވަނީ ގްރޭޑް 6 އިން މަތީގެ ފިރިހެން ކުދިންނަށް ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.
މި ވޯކްޝޮޕްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ނަންނޯޓު ކުރުމަށް ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އެދެއެވެ.




