ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ރަސްހިންނެ ނިއުޖެނެރޭޝަން ބަލިކޮށް، ބީޖީއެސްސީ ކުއާޓާ އަށް

މިހާރު ކުރިޔަށްދާ ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި ރަސްހިންނެ ނިއުޖެނެރޭޝަން ބަލިކުރުމަށްފަހު، ބީޖީއެސްސީ އިން ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފި އެވެ.

ގުރޫޕު ”ޑީ“ ގައި ބީޖީއެސްސީ އާއި މުންޑޫ ޒުވާނުންގެ ޖަމިއްޔާ ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެނެވެ. އަދި ރަސްހިންނެ ވަނީ 8-1 ގެ ނަތީޖާއަކުން މުންޑޫ ޒުވާނުންގެ ޖަމިއްޔާ ކައިރިން ބަލިވެފަ އެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން ބީޖީއެސްސީ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބީޖީއެސްސީގެ ގޯލުތައް ޖަހާފައިވަނީ އަހުމަދު ވިޝާހު އާއި މުހައްމަދު ޒިދާން އީސާ އާއި މުހައްމަދު އަދުހަމްގެ އިތުރުން މުސްލިމް މުހައްމަދު އެވެ. ރަސްހިންނެގެ ގޯލުތައް ޖެހީ އަލީ ވިރާޝް އާއި މުހައްމަދު އިޒްމީލް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބީޖީއެސްސީގެ ވިޝާހު އެވެ.

މިއާއެކު ގުރޫޕު ”ޑީ“ ގެ މެޗުތައް ވަނީ ނިމިފަ އެވެ. ހަތަރު ޕޮއިންޓާއި ފައިދާ ހަތް ގޯލުން ގުރޫޕުގެ އެއްވަނަ ލިބުނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާ އަށެވެ. ބީޖީއެސްސީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓާއި، ފައިދާ ދެ ގޯލާއެކު ތާވަލުގެ ދެވަނަ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments