ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

Gugurumaaeku boakoh vaareyveheynekamah lafaakoh bodu sarahahdhakah hudhu samaalu nerefi

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 18:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

<blockquote class=“twitter-tweet“><p lang=“en“ dir=“ltr“>Alert White for heavy rain, thunderstorms, and gusts of 35 mph. <a href=“https://t.co/KBqAPAHr4m“>pic.twitter.com/KBqAPAHr4m</a></p>&mdash; Maldives Meteorology (@MetMaldives) <a href=“https://x.com/MetMaldives/status/2100133176849080476?ref_src=twsrc%5Etfw“>September 16, 2026</a></blockquote> <script async src=“https://platform.x.com/widgets.js“ charset=“utf-8″></script>

ވިލާގަނޑުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން، މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަން ފާހަގަކުރައްވައި، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވެ، ވިއްސާރަ އަލިވާނެ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted