ގަމުގައި ބަންގި ގޮވަން ދަސްކޮށްދޭ ހާއްސަ ޕްރޮގްރާމެއް ބާއްވަނީ
Gamugai bangi govan dhaskohdhey haahssa programe eh baahavnee

ލ. ގަމު ކައުންސިލާއި މަންފާ ޖަމްއިއްޔާ ގުޅިގެން، ރީތިކޮށް ބަންގި ގޮވަން ދަސްކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް އެ ރަށުގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމަކީ 11 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރައަށް ހާއްސަކޮށްގެން ރާވާފައިވާ ޕްރޮގްރާމެކެވެ. މީގެ މައިގަނޑު މަގުސަދަކީ ކުދިންނަށް ރީތިކޮށް އަދި ރަނގަޅު ގޮތުގައި ބަންގި ގޮވަން ދަސްކޮށްދިނުމެވެ.

ގަމު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އޮންނާނީ ސެޕްޓެމްބަރު މަހުގެ 24، 25 އަދި 26 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.




