”ގްލޯބަލް ދުކާން“ އަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަށަނީ

"Global dhukan" ah dhivehi rufiyya balaigannan fashanee

އިންޑިއާގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމްތަކުން ވިޔަފާރިކޮށް އެ ތަކެތި ރާއްޖެއަށް ފޮނުވައިދޭ ”ގްލޯބަލް ދުކާން“ މެދުވެރިކޮށް ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދިވެހި ރުފިޔާއިން ފައިސާ ދެއްކޭގޮތް ހަމަޖައްސައިފިއެވެ.

ގްލޯބަލް ދުކާން އިން ހާމަކޮށްފައިވާ ގޮތުގައި، އެ ޕްލެޓްފޯމް މެދުވެރިކޮށް ކުރާ ވިޔަފާރިތަކަށް ދިވެހިރުފިޔާއިން ފައިސާ ދެއްކުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުން ފެށިގެން ރަސްމީކޮށް ލިބިގެންދާނެއެވެ. މި އިންތިޒާމާ އެކު ރާއްޖޭގެ ކަސްޓަމަރުންނަށް ބޭރު ފައިސާގެ ލިމިޓްތަކަށް ބަރޯސާނުވެ އަދި ފައިސާ މާރުކުރުމުގެ އިތުރު ފީތަކަކާ ނުލައި ފަސޭހަކަމާ އެކު ވިޔަފާރިކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

އިންޑިއާގެ މަގުބޫލު ބްރޭންޑްތަކުން ވިޔަފާރިކުރުމުގެ ފުރުސަތު

ގްލޯބަލް ދުކާންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، އިންޑިއާގެ އެންމެ މަގުބޫލު މާކެޓްޕްލޭސްތައް ކަމަށްވާ އެމެޒޯން، މިންތުރާ، ނައިކާ އަދި އައިކިއާ ފަދަ މަޝްހޫރު ބްރޭންޑްތަކުން ވިޔަފާރިކުރެވޭނެއެވެ. މި ޕްލެޓްފޯމްގެ އެންމެ ހާއްސަ އެއް ފީޗާ އަކީ ތަފާތު އެކި ފިހާރަތަކުން ގަންނަ މުދާ އެއް ”ޔުނިފައިޑް ކާޓް“ އަކަށް ލައި، އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދިޔުމެވެ.

ގްލޯބަލް ދުކާން އިން ގަންނަ ތަކެތި ރާއްޖެއަށް ގެނެސް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ މޯލްޑިވްސް ޕޯސްޓްގެ ލޮޖިސްޓިކްސް ނެޓްވޯކް މެދުވެރިކޮށެވެ. އެހެންކަމުން، މާލޭގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވިޔަފާރިކުރި ނަމަވެސް، ޕޯސްޓް އޮފީސް މެދުވެރިކޮށް މުދާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި ބަދަލާ އެކު ދިވެހި އޮންލައިން ވިޔަފާރިވެރިންނަށާއި އަމިއްލަ ބޭނުންތަކަށް ތަކެތި ގަންނަ ފަރާތްތަކަށް އިންޑިއާގެ ބޮޑު މާކެޓުން މުދާ ހޯދުމުގައި ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted