ފޮނަދޫ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ފަށައިފި

Fonadhoo regional emergency operation centerge furathama fangifilaage masahkaiy fashaifi

ލ. ފޮނަދޫގައި ގާއިމުކުރަމުންދާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ސައިޓުގައި ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ސްލެބް ލެވެލްގެ ކޮލަމް ޝަޓަރިންގ އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ކަމަށެވެ. މި މަޝްރޫޢަކީ ޖުމްލަ 2368 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ޢިމާރާތެއް އެޅުމަށް ހިންގޭ މަޝްރޫޢެކެވެ.

ޖުމްލަ 6.50 މިލިޔަން ރުފިޔާ ޚަރަދުވާ މި މަޝްރޫޢަކީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. ފޮނަދޫގައި މި ސެންޓަރު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ޒިޔާރާތެއްގެ ތެރެއިންނެވެ.

މި ސެންޓަރުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން، ޤުދުރަތީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ދިމާވާ އެކިއެކި ކާރިސާތަކުގައި އަވަސްކަމާއި ފަސޭހަކަމާއެކު ފޮނަދޫ އަދި މުޅި ހައްދުންމަތީގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވި، ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted